ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ބާއްވަން އުޅުނު އެ މަޖިލީހުގެ ޖަލްސާ ނުބޭއްވިގެން ނިންމާލައިފިއެވެ.
ނިންމާލިކަން އިއުލާނުކުރައްވަމުން ރިޔާސަތުން ރައީސް ނަޝީދު ވިދާޅުވީ ކޯރަމްގެ ރަނގަބީލު ޖެހުމަށްފަހުގައިވެސް ބަލަންޖެހޭ ވަގުތަށްވެސް ބަލާ ނިމިއްޖެ ކަމަށާއި އިއްޒަތްތެރި މެންބަރުން މަޖިލީހަށް ވަޑައިނުގަންނަވާކަމަށެވެ.
"މަޖުބޫރުވެ މިދަނީ ނޯންނާނެކަން އަންގާ އިއުލާނުކުރުން، މާދަމާވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތްކުރާނަން، އޭޖެންޑާވެސް ފޮނުވާނަން، މެންބަރުން ވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަން، ވަޑައިނުގެންނެވި ސަބަބެއް ނުވިސްނޭ" ޖަލްސާ ނިންމާލިކަން އިއުލާނުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ނިންމާލާފައިވާއިރު ނިޒާމީ ވޯޓާއި ބެހޭ މައްސަލައިގެ ބަހުސަކާއި ރައްޔިތުންގެ ހިޔާލު ހޯދުމުގައި އަމަލުކުރާގޮތަށް ގެންނަ އިސްލާހެއްގެ މައްސަލައެއް އެޖެންޑާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް