ހަސަން ކުރުސީއާއިހެދި ރައީސް ނަޝީދަށް ވަރަށް ގެއްލުންލިބިފައިވާކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރޭގައި މި ނޫހުން "މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހީލަތްތެރި އިސްލާހެއް" މި ސުރުހީގެ ދަށުން ޝާއިޢުކޮށްފައިވާ ހަބަރަކަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ދެއްވާފައިވާ ރައްދެއްގެ ތެރެއިން ފެށުނު ކޮންވަޒޭޝަނެއްގެ ތެރޭގައެވެ.
އެ މައުލޫގައި ދިޔާނާ ވިދާޅުވެފައިވަނީ އެ ބިލުގައިވާ ގޮތަށް އަމަލުކޮށްފިނަމަ ކޯޓުން އެކަން ބަދަލުކުރަން ޖެހޭނެ ކަމަށާއި އަދި ފިލާތިބެ ފިނޑިން ލައްވާ ހުތުރު އެއްޗެހި ކިޔުއްވައިގެން ފަހަތަކަށްވެސް ނުޖެއްސޭނެ ކަމަށެވެ.
ދިޔާނާގެ އެ ރައްދަށް ރައްދުދެއްވަމުން ރައީސް ނަޝީދުގެ އަން އޮފިޝަލް އެކްސް ހޭންޑަލުން ވަނީ އެ އިސްލާހު ދިޔާނާ ވިދާޅުވެލެއްވިންތޯ ސުވާލު ކުރައްވާފައެވެ.
އެ ހިސާބުން ހަސަން ކުރުސީ ވަނީ އެ ކޮންވަޒޭޝަންގެ ތެރޭގައި، ތީސިސް ލިޔަން މީހަކަށް ފައިސާ ދިން މީހެއްގެ ރައްދަކަށް ރައީސް ނަޝީދު ރައްދެއް ދެއްވަނީ ކީއްކުރަންތޯ ސުވާލު ކޮށްފައެވެ.
ހަސަން ކުރުސީގެ އެ ރައްދަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ހަސަން ކުރުސީއާއި ހުރެ ވަރަށް ގެއްލުން ލިބިއްޖެކަމަށާއި އެމަނިކުފާނުގެ ޓްވީޓްތަކަށް ރެސްޕޯންޑް ނުކުރުމަށް ހަސަން ކުރުސީގެ ކިބައިން އެދޭ ކަމަށެވެ.
ރައްދުގައި ހަސަން ކުރުސީ ބުނެފައިވަނީ ރައީށް ނަޝީދާއި ހެދި އޭނާއަށްވެސް ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށާއި ހަސަން ކުރުސީއަކީ ރައީސް ނަޝީދާ ގުޅުމެއް އޮންނަކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް އެފަދަ ގުޅުމެއް ނެތްކަމަށް އަނެއްކާވެސް ހަސަން ކުރުސީ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް