މާލޭގެ ބޮޑު ސަރަައްދެއްގައި ފެންބޮޑުވެފެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ، އަމީނީ މަގާއި ކަނބާއައިސާ ރަނި ހިނގުން ގުޅޭ ކަންމަތި އަދި ތާޖުއްދީން ހިނގުމުގައި ފެން ބޮޑުވެގެން، ފެން ހިއްކުމުގައި ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވާ ކަމަށެވެ.
މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ރާއްޖެގެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައެވެ.
މެޓްއިން މި ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
ރޭގެ 8:15 އިން ފެށިގެން މެންދަމު 12:30 އާއި ދެމެދުގެ ވަގުތަށް މި ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށެވެ. އޭގެ އިތުރުން މެޓުން ބުނީ، މި ވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަދާ ކުރެވޭ ކަމަށެވެ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް