އިނގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ މެންޗެސްޓަރ ސިޓީއާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑު ކުޅުނު ޑާބީ މެޗަށް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެން ނޭރުވީ އޭނާއަށް އިޙުތިރާމް ކުރުމުގެ ގޮތުން ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.
ސޓީއަތުން ލަދުދުވެތި ބައްޔަކުން ބަލިވި މެޗަށް ފަހު މީޑިއާއާއި ވާހަކަ ދައްކަމުން ޓެން ހާގް ބުނީ ރޮނާލްޑޯ މެޗުގައި ކުޅެން ނޭރުވީ ފުރަތަމަ ހާފު ނިމުނުއިރު، 0-4 ގެ ނަތީޖާއިން ބަލިވެފައި އޮތުމުން ރޮނާލްޑޯއަށް އިޙުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ. އަދި ރޮނާލްޑޯ އަކީ ދުނިޔޭގެ ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ވަރުގަދަ ކެރިއަރެއް އޮތް ކުޅުންތެރިއެއް ކަމަށާއި އެހެން ކަމުން ރޮނާލްޑޯއަށް އިޙުތިރާމް އަދާކުރަން ޖެހޭކަމަށެވެ.
ޓެން ހާގް ބުނީ އޭނާގެ ޕްލޭނުގައި ރާވާފައި ވަނީ ފަހު ހާފަށް ރޮނާލްޑޯ ކުޅެން އަރުވަން ކަމަށާއި ނަމަވެސް މެޗުގެ ނަތީޖާ ނުކުތް ގޮތުން ރޭވިގޮތަށް ކަންކަން ނުދިޔައީ ކަމަށެވެ.
" އަހަރެން ސިޓީއާއި ދެކޮޅަށް ރޮނާލްޑޯގެ ބޭނުން ހިފަން ވިސްނާ އެކަން އެގޮތައް ރޭވީ. ނަމަވެސް ފުރަތަމަ ހާފުގައި ނަތީޖާ ނިކުތީ އުންމީދު ކުރިގޮތާއި ޚިލާފަށް. އެހެން ކަމުން ރޮނާލްޑޯއަށް ރެސްޕެކްޓް ކުރުމުގެ ގޮތުން އޭނާ ކުޅެން ނޭރުވީ." މެޗަށް ފަހު ވާހަކަ ދައްކަމުން ޓެން ހާގް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް