ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ މަހްލޫފް ގއ. އަތޮޅަށް ފުރާވަޑައިގެންފި

ޔޫތް މިނިސްޓަރ އަޙުމަދު މަޙްލޫފް، ރަސްމީ ދަތުރުފުޅެއްގައި ގއ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފުރާ ވަޑައިގެންފި އެވެ. ޔޫތް މިނިސްޓްރީން ބުނީ މިނިސްޓަރ ގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ ހަތަރު ރަށަކަށ...

02 Oct 2022 | 12:35

ޔޫތް މިނިސްޓަރ އަޙުމަދު މަޙްލޫފް، ރަސްމީ ދަތުރުފުޅެއްގައި ގއ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފުރާ ވަޑައިގެންފި އެވެ.

ޔޫތް މިނިސްޓްރީން ބުނީ މިނިސްޓަރ ގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ.

އެގޮތުން ގއ. ނިލަންދޫ، ދާންދޫ، މާމެންދޫ އަދި ވިލިނގިއްޔަށް ވަޑައިގަންނަވާނެ ކަމަށް ޔޫތް މިނިސްޓްރީން ބުންޏެވެ.

މި ދަތުރުފުޅުގައި ނިލަންދޫގައި ތަރައްޤީކޮށްފައިވާ ވޮލީކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވައި، ދާންދޫގައި ތަރައްޤީކޮށްފައިވާ އައުޓްޑޯ ޖިމް ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މާމެންދޫ އާއި ވިލިނގިލީގައި ކުރިޔަށްދާ މަޝްރޫޢުތައް ބައްލަވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މި ރަށްރަށުގެ ކައުންސިލް އަދި ރަށުގެ ޒުވާނުންނާ ވެސް މިނިސްޓަރ ބައްދަލުކުރައްވާނެ ކަމަށް ވެސް ޔޫތް މިނިސްޓްރީން ބުންޏެވެ.

މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި ޑެޕިއުޓީ މިނިސްޓަރ އަޙުމަދު ފުޢާދު އާއި ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބް ޢަބްދު الله އަދި ޔޫތް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް އޮފިސަރ އިސްމާޢިލް ރައޫފް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް