މާލޭގައި މިނީ ބަހުގެ ހިދުމަތް ހޯދުމަށް ރުފިޔާ ދިނުމުން ދަތުރު ކޮށްދޭނެ ކަމަށާއި އެކަމަކު މާރުކޮށްދިނުމުގެ ހިދުމަތް ނުދޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އާރުޓީއެލްއިން މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށީ މިދިޔަ މަހުގެ ތން ވަނަ ދުވަހު އެވެ. މިދިޔަ އެއް މަސް ދުވަހު ހިލޭ ދަތުރު ކޮށްދިނުމަށް ފަހު މާދަމާއިން ފެށިގެން ދަތުރުތަކަށް އަގު ނަގަން ފަށާނެ އެވެ.
މިނީ ބަހުގެ އަގަކީ ހަތް ރުފިޔާ އެވެ.
އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާންމުކޮށް އާރުޓީއެލް އެޕް މެދުވެރިކޮށް ޓިކެޓު ގަނެވޭެނެ ކަމަށެވެ. އަދި އެކަންކަން ކުރަން އުނދަގޫވާ ފަރާތްތަކަށް ބަހަށް އަރާއިރު ޓިކެޓު ވިއްކާނެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު މިގޮތަށް ޓިކެޓު ގަނެގެން ބަހުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ބާކީ ފައިސާ ނުދެވޭނެ ކަމަށާއި ބަހަށް އަރާއިރު ހަތް ރުފިޔާ ހަމައަށް ދެއްކުމަށް އިލްތިމާސް ކުރާ ކަމަށް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ އެގޮތަށް އަމަލު ކުރަނީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަށް ބަލައި، ޚިދުމަތް ދިނުމަށް ނަގާ ވަގުތު ސަލާމަތްކުރުމަށާއި، ޝެޑިއުލަށް ބުރޫއެރިޔަ ނުދިނުމަށްކަމާއި ފައިސާ މާރުކޮށްދޭން ފަށައިފި ނަމަ ދަތުރު ނިމޭއިރުވެސް މާރުކޮށްދީ ނުނިމޭނެ ކަމަށެވެ.
ކަރުދާސް ޓިކެޓް ވިއްކުމަށް ނިންމާފައިވަނީ ހަމައެކަނި އާރް.ޓީ.އެލް މާލޭ ބަހުގެ ޚިދުމަތަށެވެ. އަދި ކަރުދާސް ޓިކެޓްތައް ވިއްކާނީ ސީދާ ބަހުންކަމަށާއި، ޓަރމިނަލްތަކުން ކަރުދާސް ޓިކެޓް ލިބެން ނުހުންނާނެކަމަށް އެމް.ޓީ.ސީ.ސީން މައުލޫމާތުދެ އެވެ.
އާޒިމް ވިދާޅުވީ، ކަރުދާސް ޓިކެޓް ވިއްކުމުގެ އިތުރުން މިމަހުގެ ތެރޭގައި އީ.އެމް.ވީ ކާޑު ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މި ޚިދުމަތާއެކު ވިސާ، އެމެކްސް އަދި މާސްޓަރ ކާޑު ގެންގުޅުއްވާ ފަރާތްތަކަށް ޓެޕްކޮށްލައިގެން ޓިކެޓަށް ފައިސާ ދައްކާލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް