ބޯހިމެނުން ނިންމާލި އިރު މާލެ ސަރަހައްދުން މައުލޫމާތު ނުދޭ 900 އެއްހާ ތަން އެބަހުރި

ގޭގެއަށް ގޮސްގެން ބޯހިމެނުމުގެ މައުލޫމާތު އެއްކުރުން ނިންމާލި އިރު އާދިވެސް މާލެ ސަރަހައްދުގައި މައުލުމާތު ނުދޭ 900 އެއްހާ ތަން އެބަހުރި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފި އެ...

02 Oct 2022 | 10:51

ގޭގެއަށް ގޮސްގެން ބޯހިމެނުމުގެ މައުލޫމާތު އެއްކުރުން ނިންމާލި އިރު އާދިވެސް މާލެ ސަރަހައްދުގައި މައުލުމާތު ނުދޭ 900 އެއްހާ ތަން އެބަހުރި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފި އެވެ.

ބޯހިމެނުން ކުރިޔަށް ގެންދިޔައީ މިދިޔަ މަހުގެ 13-25 އަށެވެ. އެކަމަކު މާލެ ސަރަހައްދުގެ މައުލޫމާތު އެއްކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެގެން ހަމަ އެކަނި މާލެ އާއި ހުޅުމާލޭގައި ބޯހިމަނާ މުއްދަތު މިދިޔަ މަހުގެ 27 ވަނަ ދުވަހަށް އިތުރު ކުރި އެވެ.

ޑިޕާޓްމެންޓު އޮފް ސްޓެޓިސްޓިކްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިތުރު ތިން ދުވަސް ލައިގެންވެސް މާލެ ސަރަހައްދުގައި ބޯހިމަނާ ނިންމިފައި ނުވާ ކަމަށެވެ. އެގޮތުން900 އެއްހާ ތަންތަނުން މައުލޫމާތު ނުލިބޭއިރު މިހާރު ތަންތަނާއި ގޭގެއަށް ގޮސްގެން ބޯހިމެނުމުގެ މަސައްކަތް އެތަނުން ހުއްޓާލާފައިވާ ކަމަށެވެ.

މައުލޫމާތު ނުލިބުނު ސަބަބުތަކުގެ ތެރޭގައި ތަޅުލާފައި ހުރުމުންނާއި، މައުލޫމާތު ދެވޭ ވަރުގެ މީހަކާ ދިމާނުވުމާއި، ރަށުން ބޭރުގައިވުމާއި، އެނިއުމަރޭޓަރުން ދީފައިވާ އެޕޮއިންޓުމަންޓަށް ނުދެވުން ފަދަ ސަބަބުތަކާހުރެ މި މަސައްކަތް ލަސްވެފައިވާކަން އެމްބީއެސްއިން ފާހަގަ ކުރެއެވެ. އެފަދަ ތަންތަނުން އަދިވެސް މައުލޫމާތު އެއްކުރެވޭތޯ ބަލަމުންދާ ކަމަށް ބުންޏެވެ.

އެއެގޮތުން މައުލޫމާތު ދޭން ބޭނުންވާ ފަރާތްތަކުން އެ ބިއުރޯގެ ނަމްބަރު 1423 ނަމްބަރަށް ގުޅައިގެން ނަން ނޯޓު ކުރުމަށް އެދިފަ އޭރުން އެ ބިއުރީގެ މުވައްޒަފުން އެ ތަންތަނަށް ދާނެ ކަަމަށެވެ. މައުލޫމާތު އެއްކުރާއިރު އެއްވެސް މީހަކީ ކާކުކަން އެނގޭކަހަލަ މައުލޫމާތެއް ނުހޯދާނެ ކަމުގެ ޔަގީންކަން އެ އިދާރާއިން ދެއެވެ.

ސްޓެޓިސްޓިކުން ބުނީ ތަފާސް ހިސާބާއި ބެހޭ ގާނޫނުގެ ދަށުން ބޯހިމެނުމަށް މައުލޫމާތު ނުދޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ އިހުތިޔާރު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ލިބިގެންވާ ކަން ހަންދާން ކޮށްދޭ ކަމަށެވެ. އެކަމަކު އެ ފިޔަވަޅު އެޅުމުގެ ކުރިން މައުލޫމާތު ފޯރުކޮށްދިނުމަށް ކޮންމެ މީހަކަށް ވެސް ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް