އިންޑިއާއިން ރާޢްޖޭގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތައް އަވަސް ކުރުމަށް އެ ގައުމުން ދޫކުރާ ލޯނު އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން100 މިލިއަން އެމެރިކާ ޑޮލަރު ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއޮި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އިންޑިއާހެ ފަރާތުން ސޮއި ކުރެއްވީ އެގްޒިމް ބޭންކްގެ ޖެނެރަލް މެނޭޖަރު ނިރުމިތު ވެދު އެވެ.
މި ލޯނަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ މަހު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މޯދީ އިއުލާންކުރެއްވި އެހީއެކެވެ.
މޯދީ އެ ދުވަހު ވިދާޅުވީ އެ ލޯނުގެ އެހީީގައި އިންޑިއާ އިން ރާއްޖޭގައި މިހާރު ހިންގަމުން އަންނަ ޕްރޮޖެކްޓްތައް ކަނޑައެޅިފައިވާ ތާރީހަށް ނިންމުމަށް އެހީއަކަށް ވާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި އިންޑިއާއިން ކަރެންޝަންސްއަށް ހަދިޔާ ކުރި އުޅަނދުތައްވެސް ރަމްޒީކޮށް ވަނީ ހަވާލުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް