އިންޑޮނޭޝިޔާގެ އިރުމަތީ ޖާވާގައި ކުޅުނު ފުޓްބޯޅަ މެޗަކުން ބަލިވި ޓީމެއްގެ ސަޕޯޓަރުން ދަނޑަށް އަރައިގަތުމުން ފިތި ބާރުވެގެން 127 މީހަކު މަރުވެ 180 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.
އިރުމަތީ ޖާވާގެ ފުލުހުންނާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ގައުމުގައި ކުޅެވޭ އެންމެ ބޮޑު ފުޓްބޯޅަ ލީގު ކަމުގައިވާ އާރްބީއައި ލީގާ 1 ގައި އިއްޔެ ކުޅުނު މެޗަކުން އަރީމާ އެފްސީ ޓީމު ޕާސެބަޔާ ސުރަބަޔާ ޓީމު އަތުން ބަލިވީ ތިން ލަނޑު ދެ ލަނޑުންނެވެ.
ބަލިވުމުން ޓީމުގެ ސަޕޯޓަރުން ދަނޑަށް އަރައިގަތްކަމަށާއި ހަމަނުޖެހުން ކޮންޓްރޯލްކުރަން ފުލުހުން ކަރުނަ ގޭސް ބޭނުންކުރި ކަމަށާއި ސަޕޯޓަރުން ދަނޑަށް އަރައިގަތުމުން ފިތި ބާރުވެގެން އަދި ކަރުނަގޭސް ޖަހާފައިވުމުން ނޭވާ ހާސްވުމާއިވެސް އެކުގައި 127 މީހަކު މަރުވެ 180 އަށްވުރެ ގިނަ މީހުން ޒަހަމްވީ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި މަރުވި 127 މީހުންގެ ތެރެއިން 34 މީހަކު މަރުވީ ދަނޑު ތެރޭގައެވެ. އެހެން މީހުން މަރުވީ ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެމުން ދަނިކޮށެވެ. މަރުވި މީހުންގެ ތެރޭގައި ދެ ޕޮލިހަކުވެސް ހިމެނޭކަމަށް ރިޕޯޓްކޮށްފައިވެއެވެ.
"އެހާގިނަ މީހުން މަރުވާން ދިމާވީ އެންމެން އެކުގައިހެން ދަނޑަށް އަރައިގަތީ، ކޮންޓްރޯލް ކުރަން ފުލުހުން ކަރުނަގޭސް ޖަހަންފެށީމަ އެންމެން ދުއްވައިގަތީ ނިކުންނަ ގޭޓުތަކާ ދިމާއަށް، އެ ހާލަތުގަ ފިތި ނޭވާ ހުސްވެގެން ގިނަ ބަޔަކު މަރުވެދިޔައީ" އިންޑޮނޭޝިޔާގެ ނޫހެއްގައި ރިޕޯޓްކޮށްފައިވެއެވެ.
މި ހާދިސާއާއި ގުޅިގެން އެ ފުޓްބޯޅަ މުބާރާތް ދެ ހަފްތާގެ މުއްދަތަށް މެދުކަނޑާލާފައިވާއިރު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް