ޕަރީނީތީ ރާއްޖޭގައި

ބޮލީވުޑް ބަތޮލާ ޕަރީނީތީ ޗޯޕްރާ، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ. މި ބަތޮލާގެ އިންސްޓަގްރާމުން އެނގޭގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ފެއަރމަންޓް މޯލްޑިވްސް – ސިއްރު ފެންފުށީގަ...

02 Oct 2022 | 01:56

ބޮލީވުޑް ބަތޮލާ ޕަރީނީތީ ޗޯޕްރާ، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.

މި ބަތޮލާގެ އިންސްޓަގްރާމުން އެނގޭގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ފެއަރމަންޓް މޯލްޑިވްސް – ސިއްރު ފެންފުށީގައެވެ. ޕަރީނީތީ ރާއްޖެ އައީ މީގެ ދެ ދުވަސް ކުރިންކަމުގައި އިންޑިއާ މީޑިއާއިން ބުނެއެވެ.

ޕަރީނީތީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ފިލްމީ ދާއިރާގައި ދެން އެންމެ އަވަހަށް ޕަރީނީތީ ފެނިގެންދަނީ "ކޯޑް ނޭމް ތިރަންގާ" އިންނެވެ. އެ ފިލްމުގެ ޝޫޓިން ނިންމާލާފައިވާއިރު ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގައެވެ.

https://www.youtube.com/watch?v=Fz59A68eH4E

މީގެ ތިން ދުވަސް ކުރިން، "ކޯޑް ނޭމް ތިރަންގާ" ގެ ޓްރެއިލާ ޓީ-ސީރީޒްއިން އާންމުކޮށްފައިވާއިރު އެ ޓްރެއިލާއަށް މިހާތަނަށް 10 މިލިޔަން ވިއުސް ލިބިފައިވެއެވެ. އެ ފިލްމަކީ އެކްޝަން ފިލްމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް