އިންޑިއާ އާއި އޮސްޓްރޭލިއާ ގުޅިގެން ހަކަތައިގެ ބިޔަ މަޝްރޫއުއެއް ފެށުމަށް މަޝްވަރާ ކުރަނީ

އިންޑިއާގެ އިގްތިސޯދު ދަނީ ފާހަގަ ކުރެވޭ ބޮޑު ކުރިއެރުމެއް ހޯދަމުން ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ އިންޑިއާ އާއި ދެގައުމު ގުޅިގެން އިގްތިސޯދާއ...

02 Oct 2021 | 18:26

އިންޑިއާގެ އިގްތިސޯދު ދަނީ ފާހަގަ ކުރެވޭ ބޮޑު ކުރިއެރުމެއް ހޯދަމުން ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އިންޑިއާ އާއި ދެގައުމު ގުޅިގެން އިގްތިސޯދާއި، ހަކަތައިގެ ދާއިރާއިން ބިޔަ މަޝްރޫއުތަކެއް ކުރިޔަށް ދިއުމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ފަހު އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ. މޮރިސަން ވިދާޅުވީ އިގްތިސޯދު ފުޅާކޮށް ހަކަތައިގެ ދާއިރާއިން އާ ޓެކްނޮލޮޖީތަކެއް ކުރިޔަށް ނެރުމުގެ ރަނގަޅު ވިސްނުން އިންޑިއާއިން ގެންގުޅޭ ކަމަށެވެ.

އޭނާ ވިދާޅުވީ އޮސްޓްރޭލިއާގެ އަމާޒަކީ ހަކަތައިގެ ދާއިރާއިން ކުރިޔަށް އޮތް 30 އަހަރަށް ބަހާލައިގެން މަޝްރޫއުތަކެއް ހިންގުން ކަމަށެވެ. އަދި އެ މަޝްރޫއުތަކުގެ ތެރެއިން އާ ޓެކްނޮލޮޖީތަކެއް ތައާރަފުކޮށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް ފަހި ކުރުމަކީ މުހިންމު ބޭނުމެއް ކަމަށް ވިދާޅުވި އެވެ.

މޮރިސަން ވިދާޅުވީ އޮސްޓްރޭލިއާގެ މި އަމާޒަށް އެކަނި މަސައްކަތް ކޮށްގެން ވާސިލްވުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. އެހެންވެ ކުއާޑް ލީޑާސް ސަމިޓުގައި އިންޑިއާ އާއި ދެ ގައުމު އިސް ނަގައިގެން މަޝްވަރާކޮށް ގުޅިގެން މަސައްކަތް ކުރަން ނިންމީ ކަމަށްވެސް ވިދާޅުވި އެވެ.

މޮރިސަން ގަބޫލު ކުރައްވާގޮތުގައި ހަކައިގެ ދާއިރާއިން ދެ ގައުމު ގުޅިގެން މަސައްކަތް ކޮށްފި ނަމަ އެންމެ ރަނގަޅު ނަތީޖާ ޕްރޮޖެކްޓުތަކުން ނެރެން ފަސޭހަ ވާނެ އެެވެ. އެގޮތުން އަގު ހެޔޮ ސޯލާ އަދި ހައިޓްރިޖަން ސަޕްލައި ޗެއިންއެއް އުފައްދައި، ދެ ގައުމުގެ ދެމެދުގައި ގުޅާލެވިއްޖެ ނަމަ އޮސްޓްރޭލިއާ އާއި އިންޑިއާއަށް ރަނގަޅު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

އޮސްޓްރޭލިއާ އަކީ މިހާރުވެސް އިންޑިއާއިން ގިނަ އަދަދަކަށް މުދާ އެކްސްޕޯޓު ކުރާ ގައުމެކެވެ.

ދެ ގައުމުން ގަބޫލު ކުރާގޮތުގައި ހަކަތައިގެ ދާއިރާއިން މިފަދަ ބިޔަ މަޝްރޫއެއް ހިންގިއްޖެ ނަމަ އިންޑިއާއަށް އެކްސްޕޯޓުގެ ދާއިރާއިންވެސް އިތުރު ފުރުސަތުތައް ފަހިވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް