ރާއްޖެއިން އަލަށް ފެނުނު އާވައްތަރުގެ މަހަށް ލާމު އަތޮޅާ ގުޅުވައިގެން ނަން ދީފިއެވެ.
ސިކްސް ސެންސް ލާމުން ހިންގަމުން އަންނަ މޯލްޑިވްސް އަންޑަ ވޯޓާ އިނީޝިއޭޓިވުން ބުނެފައިވަނީ ފަރުތަކުގެ ދިރުންތައް ދިރާސާ ކުރައްވާ ފަރާތެއްކަމުގައިވާ ޑރ. މާކް އެޑަމަން ލާމު އަތޮޅުގެ ސިކްސް ސެންސަސް ލާމު ރިސޯޓަށް ޒިޔާރަތް ކުރައްވާ ދިރާސާ ކުރައްވާ ބައިވަރު ފަރުމަސްތަކުގެ ސާމްޕަލް ނެންގެވި ކަމަށާއި މިގޮތުން ނެންގެވި ސާމްޕަލްތަކުގެ ތެރޭގައި އެޕޮގޮނެޑައި އާއިލާ އަށް ނިސްބަތްވާ ސާކޭމިޔާ ބާވަތުގެ އާ މަހެއް ހޯދާފައިވާކަމަށެވެ. މި މަސް ރާއްޖެއިން އެންމެ ފުރަތަމަ ލާމު އަތޮޅުން ފެނިފައިވާތީވެ މީގެ ނަމަކަށް ދެވިފައިވަނީ ސާކޭމިޔާ ލާމުގެ ނަމުން ކަމަށް އެ ޓީމުން ބުނެފައިވެއެވެ.
މި މަހުގެ ދިގުމިނުގައި ހުރީ 2.4 ސެންޓިމީޓަރެވެ. މި ވައްތަރުގެ މަހަކީ އާންމު ކޮށް ރޭގަނޑު ފެންނަ ވައްތަރުގެ މަހެކެވެ. އަދި މީގެ މަސް ގިނައިން އުޅޭނީ އައިން އައިނަށް އުޅުމުގެ ބަދަލުގައި އެކަނި އުޅޭތަނެވެ.
މުޅިދުނިޔެއިންވެސް މިމަސް ހޯދުނުކަމަށް ރިޕޯޓު ކުރެވިފައިވަނީ ޗޭގޮސް އާކިޕެލަގޯ އިންނާއި ރާއްޖެއިންނެވެ. މި މަސް ރާއްޖެއިން ފެނިފައިވާއިރު މިވަނީ ލާމު އަތޮޅުން ފެނިފައެވެ. އެހެންކަމުން މި މަަހަށް ނަންދީފައި ވާއިރު މިވަނީ ލާމު އަތޮޅާ ގުޅުވައިގެން ނަންދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް