ޕްރިމިއާ ލީގު: ސައުތެމްޕްޓަންއަތުން ޗެލްސީއަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ސައުތެމްޕްޓަންއާއި ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވެއްޖެއެވެ. އަމިއްލަ ދަނޑުގައި ސައުތެމްޕްޓަންއާއި ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވީ 1-3 ގެ ނަތީ...

02 Oct 2021 | 16:39

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ސައުތެމްޕްޓަންއާއި ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ސައުތެމްޕްޓަންއާއި ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވީ 1-3 ގެ ނަތީޖާއިންނެވެ.

ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ހާފު ފެށިގެން ނުވަނަ މިނެޓުގައި ޗެލްސީން އެޓީމުގެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގިއިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލޮފްޓަސް ޗީކްގެ އެހީތެރިކަމާއި އެކު ޓްރެވޯ ކަލޯބާއެވެ.

ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ޗެލްސީން ނިންމާލި ނަމަވެސް މެޗުގެ 61 ވަނަ މިނެޓުގައި ސައުތެމްޕްޓަންއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހަމޭސް ވާޑް ޕްރޮސްއެވެ. މި ލަނޑާއި އެކު ދެ ޓީމުވެސް އެއްވަރެއްގައި އޮއްވާ ސައުތެމްޕްޓަންއަށް މައްސަލަ ކުރިމަތިވީ މެޗުގެ 77 ވަނަ މިނެޓުގައި އެޓީމަށް ލަނޑު ޖަހައިދިން ވާޑް ބްރޮސްއަށް ރެފްރީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އޭނާއަށް ރަތްކާޑް ދައްކާފައިވަނީ ޗެލްސީގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ.

ޗެލްސީން މި މެޗުގައި އެޓީމުގެ ދެވަނަ ލަނޑުޖަހާ ދެވަނަ ފަހަރަށް ލީޑުނެގީ 84 ވަނަ މިނެޓުގައި ޓިމޯ ވާނާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ޗެލްސީގެ ތިންވަނަ ލަނޑު 89 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޗިލްވެލްއެވެ.

މި މޮޅާއި އެކު ހަތް މެޗުން ލިބުނު 16 ޕޮއިންޓާއި އެކު ޗެލްސީ ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ޗެލްސީއަތުން ބަލިވި ސައުތެމްޕްޓަން އޮތީ ހަތަރު ޕޮއިންޓާއި އެކު ތާވަލުގެ 14 ވަނާގައެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް