ކޯވިޑް-19 ދިފާއު ވެކްސިންތަކުގެ ތެރެއިން ފައިޒާގެ ބޫސްޓާ ޑޯޒު ޖަހަން އެޕޮއިންޓްމެންޓަށް ހުޅުވާލައިފި އެވެ.
ރާއްޖޭގައި ކޯވިޑް ވެކްސިންގެ ބޫސްޓާ ޑޯޒެއް ދިނުމަށް ނިންމާފައިވާކަން ހާމަ ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެވެ. އެޗްޕީއޭއިން ނިންމާފައިވަނީ ކޯވިޑުން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތް ދޭ މީހުންނަށް ތިން ވަނަ ޑޯޒެއް ޖަހާށެވެ،
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފައިޒާ ވެކްސިންގެ ބޫސްޓާ ޑޯޒު ދޭވީ ކޯވިިޑް ވެކްސިންގެ ދެ ވަނަ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް ކަމަށެވެ. އެގޮތުން އެޕޮއިންޓްމެންޓަށް އެދޭ މީހާ އަކީ ކޯވިޑް ވެކްސިނެއްގެ ދެ ވަނަ ޑޯޒު ޖެހިތާ ހަ މަސްވެފައިވާ މީހަކަށް ވާން ވާނެ ކަމަށް ބުނެ އެވެ.
މި ވަގުތު ބޫސްޓާ ޑޯޒު ދޭން ނިންމާފައިވަނީ ފައިޒާ ވެކްސިނުން އެކަންޏެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި އެ ވެކްސިންގެ ބޫސްޓާ ޑޯޒް ދޭނީ އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލޭ ހޮސްޕިޓަލުން، އެޕޮއިންޓްމަންޓް އުސޫލުން އެކަންޏެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދޭނީ ހެނދުނު 9:00 ން މެންދުރު 2:00 އަށެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދޭނީ މެންދުރު 1:00 ން 3:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް