ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އިއްޔެ ފެށި ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ގައުމީ ޓީމަށް ކުޅުން ގިނަ ބަޔަކު ބަލައިގެންނަން ދެކޮޅު ހަދައިފި އެވެ.
ރޭ މި މުބާރާތުގައި ފުރަތަމަ ރާއްޖެ ބައްދަލު ކުރީ ނޭޕާލާއި ދެކޮޅަށެވެ. ނޭޕާލުން މި މެޗުގަ ރާއްޖެ ބަލި ކުރި އިރު މެޗުގެ ފުރަތަމަ 11 ގައި އަޑުބަރޭ ހިމަނާފައިވެ އެވެ.
މުބާރާތުގައި މާރަނގަޅު ކުޅުމެއް އަޑުބަރޭއެއް ދެއްކިފައި ނުވާ ކަމަށް ގިނަ މީހުން ގަބޫލު ކުރާއިރު ރާއްޖޭގެ ކުޅުން ރަނގަޅަށް ފެނުނީ 78 ވަނަ މިނެޓުން ފެށިގެން އަރުވަންފެށި ޒުވާން ބަދަލު ކުޅުންތެރިންގެ ފަރާތުންނެވެ. ޒުވާން ކުޅުންތެރިންނާއި އެކު އެ ކުޅުންތެރިންގެ ހުނަރު ރޭގެ މެޗުގެ ފަހުވަގުތުތަކުގައި ވަނީ ފެނިގެން ގޮސްފަ އެވެ.
އެހެންވެ ގިނަ ބަޔަކު ސުވާލު އުފެއްދީ މިހާރު އަޑުބަރޭ މެންފަދަ ކުޅުންތެރިން ގައުމީ ޓީމަށް ހަމަ އެހާ މުހިންމުތޯއެވެ. ނޫނީ ރާއްޖޭގެ ޒުވާން ފުޅުބޯޅަ އާ ކުޅުންތެރިއަކު ނެތީތޯއެވެ.
ރާއްޖެއާއި ބޭރު ދުނިޔޭގެ ފުުބޯޅާ ދިރާސާ ކުރައްވާ ރާއްޖެ ޓީވީގެ އެޑިޓަރު އިމާދު ލަތީފު ފޭސްބުކްގައި ވިދާޅުވެފައިވަނީ އަޑުބަރޭއަކީ 2018 ވަނަ އަހަރުން ފެށިިގެން ލީގުގައި ވާދަވެރި މެޗެއް ނުކުޅޭ ސިޔާސީ މަގާމެއް އަދާ ކުރަމުންދާ ބޭފުޅެއް ކަމަށެވެ. އިމާދު ވިދާޅުވީ ޔޫތް މިނިސްޓްރީ ގައުމީ ޓީމުގެ މެދުތެރެއަށް ލައިގެން ޕްލޭމޭކިން ރޯލެއް ދީގެން ކުޅުވަން ޖެހުނު ސަބަބެއް ވިސްނާވިސްނާވެސް ނޭނގުނު ކަމަށެވެ.
ފުޓުބޯޅަ ދަންނަ ފަރާތްތަކަށް މައްސަލައަކަށް ވެގެން އުޅެނީ އިމާދު ފާހަގަ ކުރެއްވި ޕޮއިންޓެވެ. އެކަމަކު ސޯޝަލް މީޑިއާގައި އަޑުބަރޭ އަޑުގަދަވެގެން އުޅެނީ އެހެން ވެގެންނެތް ނޫނެވެ.
މައްސަލައަކީ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު އެޅިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޖާމިނުވާ ފަރާތަށް އޭނާވާތީ އެވެ. ސޯޝަލް މީޑިއާގައި މިކަމާއި ދެކޮޅަށް ވާހަކަ ދައްކާފައިވާ މީހުން ބުނެފައިވަނީ އެފަދަ މައްސަލައެއްގައި ޖާމިނުވާ ފަރާތެއް ރާއްޖެ ތަމްސީލް ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
މިކަމުން ދޭހަކޮށްދެނީ ސަރުކާރުގެ އިސްވެރިންނަށް އަލީ ވަހީދު ކުރައްވައިގެން އުޅެނީ ކުށެއް ކަމަށް ގަބޫލު ނުކުރެވޭ ކަންކަމަށް ބުނެފައިވެ އެވެ. ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ބައެއް ސިޔާސީ ފަރާތްތްތަކުން ގައުމީ ޓީމަށް ހިތްވަރުދީ ކުރަމުންދާ ޕޯސްޓުތަކަށްވެސް އަޑުބަރޭ ގައުމީ ޓީމަށް ކުޅުމާއި މެދު ދެކެނީ ކިހިނެތްތޯ ސުވާލުކޮށްފަ އެވެ.
https://twitter.com/Jeelan_Jee/status/1444241881349509123
ކުޅިވަރުގެ ތަޖުރިބާކާރުންގެ ހިޔާލު މިކަމުގައި ތަފާތެވެ. އަޑުބަރޭމެންފަދަ ސީނިއާ ކުޅުންތެރިން ގައުމީ ޓީމުގައި ބައިވެރި ކުރަން ޖެހެނީ ޓީމު ވަރުގަދަ ކުރާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް