ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިންޓަނޭޝަނަލް ސުކޫލެއް އަޅަން ހަވާލުކޮށްފި

ހުޅުމާލެ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިންޓަނޭޝަލް ސުކޫލެއް ބިނާކުރަން އައިލެންޑާސް އެޑިޔުކޭޝަނާ މިއަދު ހަވާލު ކޮށްފިއެވެ. މި އެއްބަސްވުމުގައި އައިލެންޑާސް ...

02 Oct 2021 | 14:43

ހުޅުމާލެ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިންޓަނޭޝަލް ސުކޫލެއް ބިނާކުރަން އައިލެންޑާސް އެޑިޔުކޭޝަނާ މިއަދު ހަވާލު ކޮށްފިއެވެ.

މި އެއްބަސްވުމުގައި އައިލެންޑާސް އިން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ އަހްމަދު އަދްލީ އެވެ. އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދެވެ.

އައިލެންޑާސް އެޑިޔުކޭޝަނުން މީޑިއާގައި ބުނީ މި ސުކޫލު ޢިމާރާތް ކުރުމުގެ މަސައްކަތް ކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އަދި ފުރަތަމަ ފިޔަވަހީގެ މަސައްކަތް އިދާރީ ކަންކަން ނިމުނުހާ އަވަހަށް ފަށައިގަނެވޭނޭ ކަމަށް ބުނެ އެވެ.

އައިލެންޑާސްއިން އިން ދެވަނަ ފިޔަވަހީގައި ފަށާ ސުކޫލުގައި ކިޔަވައިދޭނީ ގުރޭޑް 1 އާއި 12 ދެމެދުގެ ގުރޭޑު ތަަކަށެވެ. މި ސުކޫލު އަޅަން ހަމަ ޖެހިފައިވަނީ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ސަރަހައްދުން ފައިމަގުގައި ހިނގާލާފައި ދެވޭ ހިސާބެއްގައެވެ.

މި ދަނޑިވަޅަކީ ދެވަނަ ފިޔަވައްސަށް ދިރިއުޅުން ބަަދަލު ކުރި ފަރާތްތަކަށް ކުދިން ސުކޫލަށް ގެންދިޔުމުގައި ދަތިތަކެއް ހުރުމުން ޝަކުވަތައް ގިނަވެފައިވާ ދުވަސްކޮޅެކެވެ. އެހެންކަމުން މި މަޝްރޫޢަށް އަމަލީ ސިފަ އައުން ވެގެން ދާނީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެ ނުހަނު ބޮޑު ފަސޭހަ އަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް