ހުޅުމާލޭ ދެ ވަނަ ފިޔަވައްސަށް ދަތުރު ކުރާއިރުވެސް ބޭނުންކުރާނީ މިހާރުގެ ބަސް ކާޑު!

ހުޅުމާލޭ ދެ ވަނަ ފިޔަވައްސަށް ދަތުރު ކުރާއިރު ބޭނުންކުރާނީ މިހާރުވެސް ބޭނުންކުރާ ބަސް ކާޑު ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން ހާމަކޮށްފިއެވެ. އެމްޓީސީސީން ހުޅުމާލޭ ދެވަނަ ...

02 Oct 2021 | 10:51

ހުޅުމާލޭ ދެ ވަނަ ފިޔަވައްސަށް ދަތުރު ކުރާއިރު ބޭނުންކުރާނީ މިހާރުވެސް ބޭނުންކުރާ ބަސް ކާޑު ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަސް ދަތުރުތައް ފެށީ އިއްޔެ އެވެ.

ބަސް ދަތުރު ފެށުމާއި ހަމައަށް ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުން ދިޔައީ ދަތުރުފަތުރު ކުރުމުގައި ދަތިކަން ތަހައްމަލް ކުރަމުންނެވެ. ހާއްސަކޮށް އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށި އިރުވެސް ބަސް ދަތުރު ފެށިފައިނުވާތީ އާންމުން ދިޔައީ ޝަކުވާ ކުރަމުންނެވެ.

https://twitter.com/MTCCPlc/status/1444204930017873922

އެމްޓީސީސީން ބުނީ، ދެވަނަ ފިޔަވަވައްސަށް ދަތުރުތައް ފެށީ އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ދިމާވަމުން އަންނަ ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން ޓްރާންސްޕޯޓް މިނިސްޓްރީއާ އެޗްޑީސީއާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު ކަމަށެވެ.

އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދެމުންދާ ބަހުގެ ހިދުމަތް ފުޅާކޮށް އެ ހިދުމަތް ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށްވެސް ދެވޭނެ ގޮތަށް މިހާރުވަނީ ބަސް ރޫޓަށް ބަދަލުގެނެވިފައެވެ އެމްޓީސީސީން ބުނީ ބަހުގެ ހިދުމަތް އެކަށީގެންވާ ފެންވަރެއްގައި ދިނުމަށް ބޭނުންވާނެ އިތުރު ބަސްތައް ގެނައުމާއި، އެ ހިދުމަތާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް