އެންޑްރޮއިޑް އެޕްލިކޭޝަން ހަދައި، ވިއްކައިގެން ފައިސާ ހޯދޭނެ ގޮތް ޖަވާބުން ދަސްކޮށްދޭން ޖަވާބް އެކަޑެމީން ކޯހެއް ތަޢާރަފުކޮށްފިއެވެ.
ޖަވާބު ޕްރައިވެޓް ލިމިޓެޑްއަކީ ވެބްޑިޒައިނިންގ، ސޮފްޓްވެއަރ ޑިވެލޮޕްމަންޓް އަދި ގްރެފިކްސް ޑިޒައިން ފަދަ ގިނަ މަސައްކަތްތަކެއް ކުރާ މަޝްހޫރު ދިވެހި ޓެކް ކުންފުންޏެކެވެ. ޖަވާބު އެކަޑެމީއަކީ ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ދަށުން ރަޖިސްޓަރީ ކުރެވިގެން ހިންގާ އެކަޑެމީއެކެވެ.
https://youtu.be/A5qZcz07xiw
މި ކޯހުގައި ދަސްކޮށްދޭނީ އެންޑްރޮއިޑް އެޕްލިކޭޝަން އުފައްދައި، ގޫގަލްގެ ޕްލެޓްފޯމުގައި ވިއްކައިގެން އާންމުދަނީ ހޯދާނެ ގޮތެވެ، އަދި ކޯޑު ކުރުމަކާއި ނުލާ އަމިއްލަ މޯބައިލް އެޕްލިކާޝަން އުފައްދާނެ ގޮތެވެ،
ގޫގުލް ޕްލޭގައި މާޗެންޓް އެކައުންޓު ހުޅުވައި ދިވެހިންނަށް އެޕްލިކޭޝަން ވިއްކުމާއި ގަތުމަށް ފުރުސަތު ހުޅިވެގެން ގޮސްފައިވަނީ މިއަހަރު ތެރޭގައެވެ. އެޕްލިކޭޝަން ވިއްކައިގެން އާއްދަނީ ހޯދުމަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވަރަށް މަޤްބޫލު ފައިދާ ހުރި ކަމެކެވެ. އެގޮތުން ފްލިޕީ ބާޑްފަދަ އެޕްލިކޭޝަންތަކުން ބައެއް ފަރާތްތައް މަދު ދުވަސްތަކެއްގައި މިލިޔަނަރުންނަށްވެސް ވެފައި އެބަހުއްޓެވެ. މިހާރު ދިވެހިންނަށްވެސް މިފުރުސަތު މިވަނީ ހުޅުވިފައެވެ.
މި ކޯހުގައި ބައިވެރިވާން ކޯޑިން ނޮލެޖެއް ބޭނުމެއް ނުވާނެއެވެ. މި ކޯސް ކުރިއަށް ދާނީ އެއް މަސް ދުވަހުގެ ނިއަލަށެވެ. މި ކޯހުގައި ގުރޭޑ ް5ން މަތީގެ ދަރިވަރުންނާއި ބޮޑެތި މީހުންނަށް ވެސް ބައިވެރިވެވޭނެއެވެ.
މި މުއްދަތުގެ ތެރޭގައި ރެކޯޑް ކުރެވިގެން 10 ފިލާވަޅު ދަރިވަރުންނަށް ހިއްސާކުރެވޭނެއެވެ. އަދި ލައިވްކޮށް5 ފިލާވަޅު ނަންގަވައި ދެއްވާނެއެވެ.
ދިވެހިރާއްޖޭގެ ބޭންކް އެކައުންޓްތަކަށް ފައިސާ ޖަމާވާ ގޮތަށް ގޫގުލް ޕްލޭ ސްޓޯރގައި އެޕްލިކޭޝަން ވިއްކޭނެ މަގު މިހާރު ފަހިވެފައިވާ އިރު، މިއީ ފައިދާ ބޮޑު ކޯހަކަށް ވެގެންދާނެއެވެ. މި ރަނުގެ ފުރުސަތު ނަންގަވައި ނުލައްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް