ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލުން ރާއްޖެ ބަލިކޮށް މެޗުން މޮޅުވުމުން ނޭޕާލްގެ ކޯޗު އަބްދުﷲ އަލް މުތައިރީ މުޅިންވެސް ދެއްކީ އޭނާގެ އަމިއްލަ ޒާތީ ވާހަކައެވެ.
އެގޮތުން އޭނަ ފާހަގަ ކުރިގޮތުގައި ބައްޕަގެ މަޤާމުގައި ހުރި އޭނާގެ ބޮޑުބޭބެ މަރުވުމުން އޭނައަށް ލިބުނު ހިތާމަވެރިކަމުން އަރައިގަނެވި ހިތަށް ހިތްހަމަޖެހުމެއް ލިބުނީ ސާފް ޗެމްޕިައަންޝިޕްގައި ރާއްްޖެ ބަލި ކުރެވުމުންނެވެ. ރާއްޖެ ބަލި ކުރުމަކީ ހާސިލު ކުރަން އުނދަގޫ ކަމެއް ކަމުގައި އޭނާ ފާހަގަ ކޮށްފައިވެއެވެ.
ކޯޗުންގެ ހިތުގައި އެއިރަކު ދިމާވާ ހާދިސާ އަކުން އަޅާނޭ ވޭނެއް މީހުންނަށް އިހުސާސު ނުކުރެވޭނޭ ކަމަށް ވެސް ބުނެފައިވެއެވެ. އަދި މީހުން އަބަދުވެސް ބަލައި ގަންނާނީ ނަތީޖާ(ސްކޯ) އަށް ކަންވެސް ފާހަގަ ކުރިއެވެ.
އޭނާގެ އިހްސާސްތައް ޕޯސްޓު މެޗް ޕްރެސްގައި ހިއްސާ ކުރަމުން ބުނެފައިވަނީ، "މިއީ އަހަންނަށް ވަރަށް އިމޯޝަނަލްވި މޮޅެއް. އިއްޔެ އަހަރެންގެ ބޮޑުބޭބެ އަހަރެމެން އެންމެންނާ މުޅި އުމުރަށް ވަކި ވެގެން ހިނގައްޖެ"، އިތުރަށް އޭނާ ފާހަގަ ކުރި ގޮތުގައި " ރާއްޖޭގެ ދަނޑުގައި ކުޅެ ރާއްޖެ ބަލިކޮށް އަދި މިއީ ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް ރާއްޖެ ބަލިކުރެވިފައިވާ ފަހަރުކަން ފާހަގަ ކޮށް ﷲ އިރާދަ ފުޅުން އޭނާގެ ބޮޑުބޭބެ އަށް ހެޔޮ ރަޙުމަތް ލައްވާތޯ ދުޢާ ކޮށްފައިވެއެވެ.
ނޭޕާލް ކޯޗުގެ ބޮޑުބޭބެ ނިޔާވެފައިމިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެދުވަހަކީ ނޭޕާލްގެ ކޯޗު ސަރަހައްދީ ހުރިހާ މީޑިއާއެއްގެ ކުރިމައްޗަށް ހާޒިރުވާން ހަމަޖެހިފައި އޮތްދުވަހެވެ. ނަސީބު ކަން ދިމާކުރިގޮތުން އެދުވަސް ވެގެން ދިޔައީ އޭނާގެ ޙަޔާތުގައި އައި އެންމެ ޙިތާމަވެރި އެއްދުވަހަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް