މޯނީ އާއި ދުބާއީ ވިޔަފާރިވެރިޔާގެ ކައިވެނި ޖެނުއަަރީގައި!

އިންޑިއާގެ ޓީވީ ޑްރާމާތަކުން ވިދާލި އަދި މިހާރު ބޮލީވުޑުން ފެންނަމުންދާ ބަތަލާ މޯނީ ރޯއީ އަންނަ ޖެނުއަރީ މަހު ކައިވެނި ކުރަން ނިންމައިފި އެވެ. އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ޔޫއޭއީގެ ދުބާއީގެ ބޮޑު...

02 Oct 2021 | 08:04

އިންޑިއާގެ ޓީވީ ޑްރާމާތަކުން ވިދާލި އަދި މިހާރު ބޮލީވުޑުން ފެންނަމުންދާ ބަތަލާ މޯނީ ރޯއީ އަންނަ ޖެނުއަރީ މަހު ކައިވެނި ކުރަން ނިންމައިފި އެވެ.

އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ޔޫއޭއީގެ ދުބާއީގެ ބޮޑު ވިޔަފާރިވެރިއެއް ކަމަށްވާ ސޫރަޖް ނަމްބިއާއާ އެވެ. ސޫރަޖަކީ އިންޑިއާގެ ނުފޫޒު ގަދަ ވިޔަފާރި އާއިލާއެއް ކަމަށްވާ ނަމްބިއާ އާއިލާގެ މެމްބަރެކެވެ.

ރިޕޯޓުތައް ބުނާގޮތުގައި އުމުރުން 36 އަހަރުގެ މޯނީ އާއި 35 އަހަރުގެ ސޫރަޖްގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހު އިޓަލީ ނުވަތަ ދުބާއީގަ އެވެ. މޯނީގެ ސްޓޭޓް ވެސްޓް ބެންގޯލްގަވެސް ކައިވެނީގެ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފަވެ އެވެ.

މޯނީގެ އާއިލާ މީހަކު މީޑިއާގައި ބުނީ މޯނީ އާއި ސޫރަޖްގެ ކައިވެނީގެ ތައްޔާރީތައް މެކުހަށް ޖަހާފަވާ ކަމަށެވެ. ދެ ފަރާތު އާއިލާ ފަރިވުމަށް ފުރަތަމަ ފަހަރަށް މިއަހަރު ކުރީކޮޅު ބައްދަލު ކޮށްފައިވާ ކަމަށާއި ކައިވެންޏަށް ފަހު ވެސްޓް ބެންގޯލްގައި ބާއްވާ ރަސްމިއްޔާތުގައިވެސް ސޫރަޖްގެ އާއިލާ އެއްކޮށް ބައިވެރިވާނެ ކަމަށެވެ.

ސޫރަޖީ ދުބާއީގައި ވިޔަފާރިވެރިއެއްގެ އިތުރުން އިންވެސްޓްމެންޓް ބޭންކަރެކެވެ. ސޫރަޖް ދިރިއުޅެނީ ދުބާއީގައި ކަމަށްވާތީ މޯނީވެސް މިދިޔަ އަހަރުން ފެށިގެން ގިނައިން އުޅުނީ ދުބާއީގަ އެވެ.

ފިލްމުގެ ޝޫޓިންތަކުގެ މެދުތެރެއިން ހުސް ދެތިން ދުވަސް ލިބުނަސް މޯނީ ދުބާއީއަށް ދާއިރު މިދިޔަ އަހަރު ކޯވިޑް ލޮކްޑައުނާއި ގުޅިގެން ފިލްމީ މަސައްކަތް ހުއްޓުމުން އަލުން މަސައްކަތް ފެށެންދެން އޭނާ އުޅުނީ ސޫރަޖް ކައިރީ ދުބާއީގަ އެވެ.

އެހެންގެ ގިނަ ފިލްމީ ފަންނާނުން ވަނީ މޯނީ ހޯދަންޏާ ދާންޖެހޭ ދުބާއީއަށް ކަމަށް ބުނެ ޖޯކުވެސް ޖަހާފަ އެވެ.

މޯނީ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި “ނާގިން” އާއި “މޭޑިން ޗައިނާ” ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް