ދިވެހިރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި މަތީ ސާނަވީ އާއި ހަމައަށް ކިޔަވައިދޭން ފަށައިފިއެވެ.
މި ޙިދުމަތް ހުރިހާ އަތޮޅުތަކަށް ލިބުން ވެގެން މި ދިޔައީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އައި ތާރީޚީ އިންގިލާބަކަށެވެ. އެޑިޔުކޭޝަން މިނިސްޓްރީއިން މަޢުލޫމާތު ދެއްވި ގޮތުގައި މީގެ ކުރިން ސާނަވީ އަށް ކިޔަވައިދިނުމަށް ފުރުޞަތުދެވޭ ސިޔާސަތަައް ބަދަލު ގެނެވި، ހުރިހާ އަތޮޅުތަކެއްގައި ވެސް މިހާރު އޭލެވެލް އަށް ކިޔަވައިދޭން ވަނީ ފެށިފައެވެ.
އެގޮތުން އޭލެވެލްއަށް ކިޔަވައި ނުދޭ ހަމައެކަނި އަތޮޅުކަމަށްވާ، ވ. އަތޮޅުގައި އޭލެވެލް އަށް ކިޔަވައިދޭން ފެށުން ފާހަގަ ކުރުމަށްޓަކައި ކުލަ ގަދަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި ކޮށްދެއްވާފައިވަނީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
މިނިސްޓަރު ކެޔޮދޫއަށް ވަޑައިގަތުމުން އެރަށުން ހޫނު މަރުޙަބާ އެއްކިޔާފައިވެއެވެ. މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި ސްޓޭޓް މިނިސްޓަރު ފާޠިމަތު ނަޞީރު އަދި ސްޓޭޓް މިނިސްޓަރު އާޠިޔާ ނަޞީރު ބައިވެރިވެޑައިގެންފައިވެއެވެ. މީގެ އިތުރުން މިނިސްޓްރީގެ އިސްވެރިންވެސް ބައިވެރިވެ ވަޑަގެންފައިވެއެވެ. މި ޖަލްސާގައި ކެޔޮދޫދާއިރާގެ މެންބަރު ހުސައިން ޤާސިމް ވާހަކަފުޅު ދައްކަވާފައިވެއެވެ.
ދާއިރާ މަޖިލިސް މެންބަރުގެ އިތުރުން ވ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލުގެ އިސް ބޭފުޅުން ވެސް ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔަތުގައި ކެޔޮދޫ ސުކޫލުގެ ވެރިންގެ ގޮތުގައި ޙިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ސުކޫލުގެ ޕްރިންސިޕަވަނީ ޝަރަފުގެ ލިޔުން ހަވާލު ކުރައްވާފައިވެއެވެ.
ކެޔޮދޫ ސްކޫލުގައި މިޙިދުމަތް ފެށިގެން ދިއުމާއެކު ރާއްޖޭގައި މިހާރު އޭލެވެލްއަށް ކިޔަވައިދޭ ސަރުކާރު 34 ސުކޫލެއްގައި ޖުމްލަ 1173 ދަރިވަރުން ތަޢުލީމް ހާޞިލް ކުރަމުން އެބަގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް