ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ ވަނުއާޓޫ އައިލެންޑްސް އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ރާއްޖޭގެ މެޓް އޮފީހުން ބުނެފައިވާގޮތުގައި ވަނުއާޓޫއަށް މިއަދު 11:29 ހާއިރު އައި މި ބިންހެލުމަކީ 6.9 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މި ބެންހެލުން އައި ސަރަހައްދަކީ ރާއްޖެއާއި 11337 ކިލޯ މީޓަރު ދުރު ސަރަހައްދެއް ކަމަށް ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ކޮށްފާނެކަމަށް ނުބެލެވޭ ކަމަށެވެ.
ވަނުއަޓޫ އައިލެންޑްސް އަކީ ރާއްޖެ ފަދައިން 80އަށްވުރެ ގިނަ ރަށުގެ މައްޗަށް އެކުލެވޭ ޖަޒީރާ ގައުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް