ހިޔާ ފްލެޓްގެ ކުލިކުޑަކޮށްދޭން މޭޔަރު މުއިއްޒު އަނެއްކާވެސް އެދިވަޑައިގެންފި

ހިޔާ ފްލެޓްތަކަށް މަހަކު ދައްކަން ޖެހޭ ކުލި 5،600ރ. އަށް ކުޑަކޮށްދޭން އެދި ރައީސް އޮފީހަށް އަނެއްކާ ސިޓީ ފޮނުވާފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. މިއީ އޭނާ މި...

02 Oct 2021 | 06:50

ހިޔާ ފްލެޓްތަކަށް މަހަކު ދައްކަން ޖެހޭ ކުލި 5،600ރ. އަށް ކުޑަކޮށްދޭން އެދި ރައީސް އޮފީހަށް އަނެއްކާ ސިޓީ ފޮނުވާފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއީ އޭނާ މި ކަމަށް އެދުނު 3 ވަނަ ފަހަރެވެ.

މުއިއްޒު މިކަން ހާމަކޮށް މިއަދު ވަނީ ޓްވީޓެއް ވެސް ކުރައްވާފައެވެ.

މީޑިއާގައި މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓް ލިބުނު އާއިލާތަަކަށް ލުއިގޮތްތަކެއް ހޯދައިދިނުމަކީ މާލޭގެ މޭޔަރުގެ ހައިސިއްޔަތުން އޭނާގެ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ކުލިކުޑަކޮށްދޭން ތަކުރާރުކޮށް އެދިވަޑައިގަތީ އެހެންވެ ކަމަށެވެ. މީގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ޞާލިހާ ބައްދަލުކުރައްވައި އެ ވާހަކަ ދައްކަވާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިޔާ ފްލެޓްގެ ފިނިޝިިން މަސައްކަތްތައް، ފްލެޓް ލިބުނު ފަރާތްތަކުން އަމިއްލައަށް ކުރަން އެޗްޑީސީންް ދޫކޮށްލާފައިވާތީ މުއިއްޒު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފިނިޝިން މަސައްކަތް ނުކުރެވުނީ ފައިސާ ނެތިގެން ކަަމަށް އެޗްޑީސީން ބުނާ ކަމަށާއި އެކަމަކު އެހެން ކަންތައްތަކަށް ހަރަދުކުރާނެ ފައިސާ އެކުންފުނީގައި އެބަހުރި ކަމަށެވެ.

https://twitter.com/MMuizzu/status/1444157748006899717

"ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތަށް ޚަރަދު ކުރާނޭ ފައިސާ ނެތްކަމަށް ބުނި ކުންފުނިން ތިލަފުށި ބިން ހިއްކަން ބޮޑު ހޭދައެއް ކުރަން ނިންމާ އެ ހޭދަ ދަނީ ކުރަމުން. އެޗް.ޑީ.ސީ ގައި ފައިސާ ނެތީ ހަމައެކަނި ހިޔާ ފްލެޓްތައް ނިންމަން!؟" މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް