ފިލިޕިންސްގެ މަޝްހޫރު ބޮކްސިންގ ތަރި މޭނީ ޕަކްޔާއޮ ރައީސް ކަމަށް ކުރިމަތިލަނީ

ފިލިޕީންސްގެ މަޝްހޫރު ބޮކްސިން ތަރި މޭނީ ޕަކްޔާއޮ އެޤައުމުގެ ރައީސް ކަމަށް ކުރިމަތިލާން ނިންމައިފިއެވެ. މޭނީ ޕަކްޔާއޮ އަކީ ދުނިޔެއަށް މަޝްހޫރު  ބޮކްސިންގެ ތަރިއެކެވެ. ބޮކްސިންގެ ދުނިޔޭގައި 8 ޑިވިޝަނަކ...

02 Oct 2021 | 06:33

ފިލިޕީންސްގެ މަޝްހޫރު ބޮކްސިން ތަރި މޭނީ ޕަކްޔާއޮ އެޤައުމުގެ ރައީސް ކަމަށް ކުރިމަތިލާން ނިންމައިފިއެވެ.

މޭނީ ޕަކްޔާއޮ އަކީ ދުނިޔެއަށް މަޝްހޫރު  ބޮކްސިންގެ ތަރިއެކެވެ. ބޮކްސިންގެ ދުނިޔޭގައި 8 ޑިވިޝަނަކުން ވޯލްޑް ޓައިޓަލްސް ހޯދާފައިވާ ހަމަ އެކަނި މީހާ އަކީ މޭނީ ޕަކްޔާއޮ އެވެ.

60 މިލިއަނަށްވުރެ ގިނަމީހުނަށް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ އެ ޤައުމުގެ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ އަހަރު އެވެ. މޭނީ ޕަކްޔާއޮ އިންތިހާބުގައި ވާދަ ކުރަން ނިންމާފައި މިވަނީ ސިޔާސީ ކެރިއަރަށްޓަކައި ބޮކްސިން އިން ރިޓަޔާ ވުމަށް ފަހުއެވެ.

ސެޕްޓެމްބަރު މަހުގެ 29 ވަނަދުވަހު ޕަކްޔާއޮ ކުރި ޓުވީޓެއްގައި އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށް، ބޮކްސިން ކެރިއަރ ގެ ހަނދާންތަކަަށްވެސް ޝުކުރު އަދާކޮށްފައިވެއެވެ. އެ ކެރިއަރ ދޫކޮށްލަން ނިންމުމަކީ އޭނާގެ ހަޔާތުގައި ނެގި އެންމެ އުނދަގޫ ޑިޒިޝަން ކަމުގައި ބުނަފައިވެއެވެ. އަދި އޭނާގެ މިނިންމުމާމެދު ހިތްހަމަޖެހޭކަން ހާމަ ކޮށްފައިވެއެވެ.

އިންތިހާބާ ގުޅޭގޮތުން އޭނާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރައީސް ކަމަށް ކުރިމަތި ލާންނިންމީ ގައުމަށް ތަރައްގީ ގެނެސް ފަޤީރު ކަމުގެ މައްޗަށް ކާމިޔާބު ހޯދައި ދެފުށް ފެންނަ ގޮތެއްގައި ތެދުވެރިކަމާއެކު ރައްޔިތުންނަށް ޙިދުމަތްކުރާނެ ސަރުކާރެއް ބޭނުންވާ ވާތީ ކަަމަށެވެ. މިއީ އެފަދަ ސަރުކާރެއް ގެންނަންވީ ވަގުތު ކަމަށް ބުނެ ލީޑާޝިޕް ނަގަން އޭނާ ތައްޔާރަށް ހުންނެވިކަން ހާމަ ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް