ގޭންގުތަކުގެ މައްސަލަ އަށް ހައްލެއް ގެންނަން ޕްލޭން އެކުލަވާލަނީ

ގޭންގުތަކުގެ މައްސަލަ އަށް ހައްލު ގެންނަން ޕްލޭނެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. އިމްރާން މިހެން ވިދާޅުވީ "ޕީއެސްއެމް" އަށް ދެއްވި އި...

02 Oct 2021 | 05:44

ގޭންގުތަކުގެ މައްސަލަ އަށް ހައްލު ގެންނަން ޕްލޭނެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

އިމްރާން ވިދާޅުވީ މަގުމަތީގެ އަމާންކަމާއި ރައްކާތެރި ކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒުވާނުންގެ މެދުގައި އުފެދިފައިވާ ގޭންގުތައް ކަމަށެވެ. އެގޮތުން އެކަމަށް ބޮޑު ހައްލެެއް ގެނައުމަށް ހަރުދަނާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމްރާން ވިދާޅުވިއެވެ. އެކަމުގެ ހުރިހާ ތަފާސް ހިސާބުތަކެއް އެބަހުރި ކަމަށާއި އެކަމަށް ރަނގަޅު ސްޓެޓީޖީ އަކާއެކު މިއަހަރު ނިމޭއިރު ފަށައިގަންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން މިދަނީ މިހާރުގެ ހާލަތުގައި ކޮންޓްރޯލް ކުރެވެން އޮތް އެެންމެ ބޮޑު މިންވަރަކަށް ކުރަމުން. ދެން އަޅުގަނޑުމެން ފަށާ މަރުހަލާ ދާނީ ވަރަށް ވަށާޖެހޭގޮތަށް ހުރިހާ މުއައްސަސާތައް އޭގައި ބައިވެރިވެގެން، އޭގެ ނަތީޖާ އިރާދަކުރެއްވިއްޔާ ދުރު މުސްތަގުބަލުގައި ފެނިގެން ގޮސް، މި ބޮޑު މައްސަލައަށް ހައްލެއް ގެންނާނެ ދިމާލައަކަށް" އިމްރާން ވިދާޅުވިއެވެ.

މި މައްސަލަ އަށް ދާއިމީ ބޮޑު ހައްލެއް ގެނެވޭނެ ރަނގަޅު ސްޓެޓިޖީ އާއެކު ފުލުހުންނާއި އެކު މަސައްކަތް ކުރަމުންދާ ކަމަށާއި ހާއްސަކޮށް ކޮމިޝަނަރު އޮފް ޕޮލިސް އާއި ފުލުހުންގެ އެންމެ އިސް ޓީމާއެކު ވަރަށް ގިނަ މަސައްކަތް ކުރެވޭކަން ވެސް އިމްރާން ފާހަގަކުރެއްވިއެވެ.

ވިދާޅުވީ ރާއްޖެއަކީ މީގެ ކުރީގައި އަޅުގަނޑުމެން ފަހުރުވެރިވަމުންދިޔަ ދިވެހިންގެ ސުލްހަވެރިކަމާއި މަޑުމައިތިރިކަން ގެނައުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް