ޖަހާ ޖޯކަށް، ކުރާ މަލާމާތަށް ނުބަލަން ޔޫތް މިނިސްޓަރު ގައުމީ ޓީމަށް ގޮވާލައްވައިފި

ރޭ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަލުން ބަލިވިޔަސް ހޮތްވަރު އެލުވާނުލުމަށް ޔޫތް މިިނިސްޓަރު އަހުމަދު މަހުލޫފް ގޮވާލައްވައިފިއެ. ނޭޕާލުން ރޭ ރާއްޖޭ ކޮޅަށް ލަނޑު ޖެހީ މެޗު...

02 Oct 2021 | 04:39

ރޭ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަލުން ބަލިވިޔަސް ހޮތްވަރު އެލުވާނުލުމަށް ޔޫތް މިިނިސްޓަރު އަހުމަދު މަހުލޫފް ގޮވާލައްވައިފިއެ.

ނޭޕާލުން ރޭ ރާއްޖޭ ކޮޅަށް ލަނޑު ޖެހީ މެޗުގެ86 ވަނަ މިނެޓުގަ ކުޅެން އެރި ބަދަލު ކުޅުންތެރިއެކެވެ. މިއީ ނޭޕާލްއަށް1994 ވަނަ އަހަރުގެ ފަހުން ރާއްޖެ ބަލިކޮށް މެޗެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

މެޗުން ބަލިވުމުން ގިނަ ބައެއްގެ ފާޑުކިޔުން ގައުމީޓީމަށް އަމާޒު ކުރަމުންދާ މި ދަނޑިވަޅު ހިތްވަރުދެއްވާ ކުރެއްވި ޓުވީޓެއްގައި ސަސްޕެންޑުކޮށްފައި ހުންނެވި މިނިސްޓަރު ވިދާޅުވީ ދިވެހި ގައުމީ ޓީމު ވަރަށް ގަދަ ކަމަށެވެ. އެކަމަށް ރޭގެ މެޗުގައި ރަނގަޅަށް ކުޅެ ފުރުސަތު ބޭނުން ނުހިފުނީ ކަމަށް ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ ޖަހާ ޖޯކަކަށް އަދި ކުރާ މަލާމާތަކަށް ނުބަލާ އިތުރު ހިތްވަރާއެކު ދެން އޮތް ބަންގްލަދޭޝް މެޗު ކަމިޔާބުކުރަން އަޒުމް ކަނޑައަޅަންވީ ކަމަށެވެ. އަދި ގައުމީ ޓީމަށް ކާމިޔާބު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

https://twitter.com/AhmedMahloof/status/1444011443121098759

ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލު ކުރާ މެޗު އޮންނާނީ މިމަހުގެ ހަތް ވަނަ ދުވަހުގެ ރޭ9:00 ގައި އެވެ. އޭގެ ފަހުން ރާއްޖެ ސްރީލަންކާ އާއި ބައްދަލު ކުރާނީ 10 ވަނަ ދުވަހުގެ ހަވީރު 4:00 ގައި އެވެ.

ރާއްޖެ އާއި އިންޑިއާ އާ ބައްދަލު ކުރާ މެޗު އޮންނާނީ މިމަހުގެ13 ވަނަ ދުވަހު ގެ ރޭ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް