މާލެ ތަރައްގީ ކުރުމާއި ގުޅޭގޮން މާލޭ ސިޓީ ކައުންސިލާއި ރާއްޖޭގެ ސައުދީ އަރަބިއްޔާގެ އެމްބަސީން މަޝްވަރާ ކޮށްފި އެވެ.
މި މަޝްވަރާތައް ކުރިޔަށް ގެންދެވީ މޭޔަރު ޑރ. މުހައްމަދު މުއިޒާއި ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު މާތުރެހް އަބްދުﷲ އެމްއަލްދަސަންއާއެކު ބޭއްވި ބައްދަލުވުމުގައެވެ.
ސައުދީ އެމްބަސީގައި ބޭއްވި ބައްދަލުވުމުގައި ސައުދީ ސަރުކާރުގެ ފަރާތުން މާލޭގެ ތަރައްގީއަށް ބޭނުންވާ އެހީތެރިކަމާ ބެހޭގޮތުން މުއިއްޒު މަޝްވަރާކުރެއްވިއެވެ. އެގޮތުން މިހާރު ހިންގަމުން އަންނަ އަދި ކުރިއަށް ރޭވިފައިވާ މަޝްރޫއުތަކުގެ ތެރެއިން ސައުދީއަށް އެހީތެރިކަން ދެވިދާނެ މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
މީގެ އިުރުން ސައުދީގެ ޝައުގުވެރިކަން ހުރި މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.
ސައުދީއަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެކެވެ. ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް މުހިންމު ދާއިރާތަކުން އެހީ ފޯރުކޮށްދީފަވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް