ތަހުގީގަށް ފޮނުވި އެއްވެސް ސިޓީއެއް އަނބުރާ ނުގެންނަން: އެފްއައިޔޫ

މައްސލަތައް ބެލުމަށް ފަހު ތަހުގީހީ އިދާރާއަށް ފޮނުވާ އެއްވެސް ސިޓީއެއް މިހާތަނަށް އަނބުރާ ގެންގޮސްފައި ނުވާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ. އެމްއެމްއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވު...

02 Oct 2018 | 14:12

މައްސލަތައް ބެލުމަށް ފަހު ތަހުގީހީ އިދާރާއަށް ފޮނުވާ އެއްވެސް ސިޓީއެއް މިހާތަނަށް އަނބުރާ ގެންގޮސްފައި ނުވާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

އެމްއެމްއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިދާޜާގެ ތަރުަމަނާ މުހައްމަދު ނާސިހު

މެދުވެރިކޮށް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ނެރުނު ބަޔާނެއްގައި ވިދާޅުވީ ތަހުގީގީ އެކި އިދާރާތަކަށް ފޮނުވި އެއްވެސް ސިޓީއެއް، ރިޕޯޓެއް އަނބުރާ ގެނެސްފައި ނުވާނެ ކަމަށެވެ.

މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް މާލީ ގޮތުން ވާ އެހީތަކާއި ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ މައުލޫމާތު ރާއްޖޭގެ ތަހުގީގީ އިދާރާތަކަށް ހިއްސާކުރުމުން، އެ މައުލޫމާތު ބޭނުންކުރުމަކީ، ގާނޫނުން އެ ފަރާތްތަކަށް ލާޒިމް ކަމެކެވެ. އެ ގޮތަށް އެ ބުނީ، ބެލެވޭ ގޮތުގައި، ފުލުހުންނަށް އެ ޔުނިޓުން ފޮނުވާ މައުލޫމާތުތައް ވެސް ތަހުގީގުކުރަން ޖެހޭނެކަން، ހަނދާންކޮށްދިނުމަށެވެ.

އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް 1.5 މިލިއަން ޑޮލަރު (22.5 މިލިއަން ރުފިޔާ) ޖަމާވި ކަމަށްބުނާ މައްސަލައެއް ރިޕޯޓު ކުރީ އަލްޖަޒީރާއިންނެވެ. އެ ރިޕޯޓުގައި ވާގޮތުން  އެ ފައިސާ ޖަމާކޮށްފައިވަނީ މިދިޔަ މަހުގައި ދެ ފަހަރެއްގެ މަތިންނެވެ.

އަލްޖަޒީރާއިން އެ މައުލޫމާތު ހޯދީ މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން އެކަން އޭރުގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒުގެ ސަމާލު ކަމަށް ގެނެސް ތަހުގީގު ކޮށްދިނުމަށް އެދި ފޮނުވި ސިޓީ އަކުން ކަމަށް ބުނެފައިވެ އެވެ.

އެކަމަކު އެފަދަ މައްސަލައެއް ހުށަހެޅިކަން ނުވަތަ ނޫންކަން އެމްއެމްއޭއިންނާއި ޕޮލިހުން ރަސްމީކޮށެއް މީޑިއާއަކު ނުބުނެ އެވެ.

އަލްޖަޒީރާއިން ބުނީ، ސެޕްޓެމްބަރު ފަހެއް ގައި 648،508 ޑޮލަރު ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކުރުމަށްފަހު، ސެޕްޓެމްބަރު 10 ގައި އިތުރު 810،635 ޑޮލަރު ޖަމާކޮށްފައިވާކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ދ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް