ނިމިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކޮށް ބޮޑު ކާމިޔާބީއަކުން އިންތިޚާބުވެފައިވާ އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) އުރީދޫގެ އިސްވެރިންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
އެ މަނިކުފާނު އުރީދޫއާއެކު ކުރިއަށްގެންދެވި މި ބައްދަލުވުމުގައި އުރީދޫގެ ސީއީއޯ ނަޖީބް ޚާން އަދި އުރީދޫގެ ޑައިރެކްޓަ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެއިން ނިޔާޒް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި އުރީދޫއާއި ބެހޭ މައުލޫމާތު އިބްރާހިމް މުހައްމަދު ސާލިހް އާއި ހިއްސާ ކުރައްވާފައިވެއެވެ.
އިންތިޚާބީ ރައީސް މިއަދު އުރީދޫގެ އިސްވެރިންނާއި ބައްދަލުކުރައްވާފައިވާއިރު މުވާސަލާތީ ހިދުމަތްދޭ އެންމެ ދުވަސްވީ ކުންފުނި ކަމުގައިވާ ދިރާގުގެ އިސް ވެރިންނާއި އިބްރާހިމް މުހައްމަދު ސާލިހް އިއްޔެ ބައްދަލުކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް