ރައްޔިތުން ފިތުނަގަނޑެއްގެ ތެރެއަށް ވައްޓާނުލާ ދުރަށް ވަޑައިގެންނަވާ: މައުމޫން

ރިޔާސީ އިންތިހާބުން ނާކާމިޔާބާއި ކުރިމަތިލާން ޖެހުމުން އަނެއްކާވެސް ރައްޔިތުން ފިތުނަގަނޑެއްގެ ތެރެއަށް ވައްޓާނުލާ ދުރަށް ވަޑައިގެންނެވުމަށް ރައީސް އަބްދުﷲ ޔާމީނަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގަ...

02 Oct 2018 | 08:15

ރިޔާސީ އިންތިހާބުން ނާކާމިޔާބާއި ކުރިމަތިލާން ޖެހުމުން އަނެއްކާވެސް ރައްޔިތުން ފިތުނަގަނޑެއްގެ ތެރެއަށް ވައްޓާނުލާ ދުރަށް ވަޑައިގެންނެވުމަށް ރައީސް އަބްދުﷲ ޔާމީނަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައުމޫން ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ބަލި ގަބޫލު ކުރައްވާ ހިނިތުން ވުން ދައްކަން ޖެހޭ ކަމަށެވެ. މައުމޫން ވިދާޅުވީ ޑިމޮކްރަސީގައި އޮންނަން ޖެހޭނެ ގޮތަކީ އެންމެ ވޯޓަކުން ބަލިވިޔަސް ބަލި ގަބޫލު ކުރުން ކަމަށެވެ.

އެފަހަރު ނާކާމިޔާބުވީ އެންމެ އަށް ޕަސެންޓުގެ ފަރަގުންކަން ފާހަގަ ކުރައްވާ މައުމޫން ވިދާޅުވީ އަރިސް ބައެއް ބޭފުޅުން، އެ ނަތީޖާ ގަބޫލުނުކުރެއްވުމަށް ދެންނެވި ނަމަވެސް ނާކާމިޔާބު ވުމުން ޑިމޮކްރަސީގެ ރީތި ނަމޫނާ ދައްކައިދީފައިވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި 2008 ގެ އިންތިހާބުގެ ނަތީޖާއަށް ވުރެ މާބޮޑު ފަރަގު އެބަހުރި ކަމަށެވެ.

"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނަތީޖާ ގަބޫލުކޮށްގެން، ހިނިތުންވެލައި، ރީތިކޮށް ހިނިތުންވެގެން ހުރެ، ރައްޔިތުންނަށް އަލްވަދާއުކިޔާފައި ދާށޭ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވި ގޮތުގައި އިންތިހާބުގައި ރައްޔިތުން ވޯޓުލީ ނާއިންސާފާއި ހިޔާނާތާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް