އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް، އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލު ކުރެއްވުން އޮތީ އިމްރާންގެ ގޭގައި އެވެ. އިމްރާން ހުންނެވީ ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 12 އަހަރަށް ޖަލަށް ހުކުމް ކޮށްފައި އެވެ. އެކަމަކު އޭނާ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގިނައިން ގޭ ބަންދުގައި އެވެ
މި ބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ. އެކަމަކު އިމްރާން އާއި ފައިސަލްގެ އިތުރުން އިމްރާންގެ އަނބިކަނބަލުންނާއި އެކު ނަގާފައިވާ ފޮޓޯއެއް ވަނީ އާންމުކޮށްފައި އެވެ.
https://twitter.com/MDPSecretariat/status/1047005399457697792
ރިޔާސީ އިންތިހާބުގައި އިދިކޮޅުން ހޯދި ކަމިޔާބަށް ފަހު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ޝެއިހް އިމްރާން އާއި ބައްދަލު ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް