އަތުހަރު ދުނިޔެ ދޫކޮށްފި - އޮޓޮޕްސީ ހަދާނެ

މާލޭގައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކޮށްފައި ހުރި ށ.މިލަންދޫ/ހެޕީގާޑަން، އާދަމް އަތުހަރަށް ފަރުވާ ދެމުން ދަނިކޮށް ދުނިޔެ ދޫކޮށްފިއެވެ. އޭނާއަށް ފަރުވާ ދޭން ފަށާފައިވަނީ ދޫނިދޫގައި ފު...

02 Sep 2024 | 12:34

މާލޭގައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކޮށްފައި ހުރި ށ.މިލަންދޫ/ހެޕީގާޑަން، އާދަމް އަތުހަރަށް ފަރުވާ ދެމުން ދަނިކޮށް ދުނިޔެ ދޫކޮށްފިއެވެ.

އޭނާއަށް ފަރުވާ ދޭން ފަށާފައިވަނީ ދޫނިދޫގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަން ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރޭގެ ވަގުތެއްގައި އޭނާ ދަންޖެހިފައިވަނީ އޭނާ ބަންދުކޮށްފައި ހުރި ގޮޅީގައެވެ.

މިކަމާއި ގުޅިގެން ދިވެހި ފުލުހުން ދަނީ ތަހުގީގު ތަކެއް ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައިގައި މިނިވަން މުއައްސަސާތަކުން ކުރަމުންދާ ތަހުގީގުތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެއްބާރުލުން ދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޮޓޮޕްސީ ހެދުމަށް ނިންމާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް