ފުޅާ ދާއިރާއެއްގައި ފޯއްް ތައްޔާރުކުރަމުން ދިޔަ ދެ ބިދޭސީއަކު އަތުލައިގެންފި

ފުޅާދާއިރާއެއްގައި ފޯއް ތައްޔާރުކޮށް ވިއްކަމުން ދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަނުުން އަތުލައިގެންފިއެވެ. އިމިގްރޭޝަނުން ބުނީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން، ދިވެހިން އާއްމުކޮށް ދުފުމުގައި ބޭނުންކުރާ ތ...

02 Sep 2024 | 09:01

ފުޅާދާއިރާއެއްގައި ފޯއް ތައްޔާރުކޮށް ވިއްކަމުން ދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަނުުން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން، ދިވެހިން އާއްމުކޮށް ދުފުމުގައި ބޭނުންކުރާ ތަކެތި، ވިޔަފާރިއަށް ތައްޔާރުކުރަމުން ދާކަމަށް އިމިގްރޭޝަން ވޮޗްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ދެ ތަނެއް ބަލާ ފާސްކޮށް ފައިވާކަމަށެވެ.

އަދި އެ ރެއިޑުގައި ބަލައި ފާސްކުރި ދެވަނަ ތަނުގައި ޑެލިވަރީއަށް ކާބޯތަކެތި ތައްޔާރުކުރަމުން ދާކަމަށެވެ. އިމިގްރޭޝަނުން ވަނީ ކަމާ ގުޅޫން ހުރި އިދާރާތަކުގެ އެހީތެރިކަމާއިއެކު އެތަނުގައި ކުރަމުން ދިޔަ ވިޔަފާރީ ހުއްޓުވުމަށް ނޯޓިސް ދީފައެވެ.

އެ ރެއިޑުގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ދެ ބިދޭސީއަކު ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރީ ކުރަމުން ދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ފަށާފައިވާ ރެއިޑްގައި މިހާތަނަށް ވަނީ ގިނަ އަދަދެއްގެ ބިދޭސީން ހޯދާ އެމީހުންނަށް ފިޔަވަޅު އަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް