ރައީސް ޑޮކްޓަރ މުހައްމަދު މުޢިއްޒު ގެ ވެރިކަން ފެށިގެން މިވީ ކުޑަ ދުވަސް ކޮޅުގެގެ ތެރޭގައި ރާއްޖެ އަށް އެތެރެކުރެވިފައިވާ މުދަލުގެ އަދަދު ރާއްޖޭގެ ތާރީޚްގައި ދުވަހަކުވެސް އިތުރު ނުވާ މިންވަރަށް އިތުރު ވެފައިވާ ކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) މުހައްމަދު ވަޖީހް އިބްރާހިމް ވިދާޅުވެއްޖެއެވެ.
2018 އިން މި އަހަރުގެ އޯގަސްޓްގެ ނިޔަލަށް ރާއްޖެ އެތެރެވާ ކާގޯގެ ތަފާސްހިސާބާއެކު ކުރެއްވި ޕޯސްޓެއްގައި ސީއީއޯ ވިދާޅުވެފައިވަނީ ރާއްޖޭގެ އިގުތިސާދަށް އަންނަމުންދާ ބަދަލު ތައް، އެންމެ ރަގަޅަށް ވަޒަން ކޮށްލެވޭނެ އެއް ކަމަކީ، ރާއްޖެ އަށް އެތެރެ ވަމުންދާ މުދަލުގެ އަދަދަށް އަންނަމުންދާ އުނި އިތުރު ވުމަކުން ކަމަށެވެ. ދެ ގުރާފުން ފެންނަނީ، އެވުރޭޖް ކޮށް މަހެއްގެ މައްޗަށް ރާއްޖެ އަށް ކާގޯ އެތެރެ ކުރެވިފައިވާ މިންވަރު ކަމަށެވެ.
ސީއީއޯ ވަޖީހް ވިދާޅުވެފައިވަނީ ރާއްޖޭގެ ތާރީޚަށް ބަލާއިރު ކޮންޓެނަރައިޒް ކާގޯ އެންމެ ގިނައިން ރާއްޖެ އަށް އެތެރެ ކުރެވިފައި ވަނީ 2018 ވަނަ އަހަރު ކަމަށާއި އެހެން ކަމުން ރާއްޖޭގެ އިގުތިސާދަށް އަންނަމުންދާ ބަދަލްތައް ވަޒަން ކޮށްލުމަށްޓަކައި، ދެ ގުރާފުން ދައްކައި ދީފައިނީ، 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް އެވުރެޖް ކޮށް މަހެއްގެ މައްޗަށް ރާއްޖެ އަށް، ޖެނެރަލް ކާގޯ އާއި، ކޮންޓެނަރައިޒް ކާގޯ އެތެރެ ކުރެވިފައިވާ މިންވަރު ކަމަށެވެ.
"ގަބޫލް ކުރަން ޖެހޭ ހަގީގަތަކީ، ރައީސް ޑޮކްޓަރ މުހައްމަދު މުޢިއްޒު ގެ ވެރިކަން ފެށިގެން މިވީ ކުޑަ ދުވަސް ކޮޅުގެގެ ތެރޭގައި ރާއްޖެ އަށް އެތެރެކުރެވިފައިވާ މުދަލުގެ އަދަދު ރާއްޖޭގެ ތާރީޚްގައި ދުވަހަކުވެސް އިތުރު ނުވާ މިންވަރަށް އިތުރު ވެފައިވާ ކަން، މިއިން ދައްކައި ދެނީ، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށުމާއި އެކު ރާއްޖޭގެ އިގުތިސާދަށް ހެޔޮ ބަދަލު އަންނަން ފަށައި، އިގުތިސާދު ކުރިއަރަން ފަށާފައިވާ ކަން" ސީއީއޯ ވަޖީހު ވިދާޅުވެފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ އަދި މިހާރު ފެށުމަށް ތައްޔާރު ވަމުންދާ، މިސަރުކާރުގެ މުހިންމު ޕޮރޮޖެކްޓް ތައް ފެށުމުން، ރާއްޖޭގެ އިގުތިސާދު ދުވަހަކުވެސް ކުރިއަރާފައި ނުވާ މިންވަރަށް ކުރިއަރައި، ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް