އަތުހަރަށް އެޓެންޑުވިގޮތުގެ ޓައިމްލައިން: ތިން މިނެޓުން މާލެއަށް – އަށް މިނެޓުން ހޮސްޕިޓަލަށް

ޖަލުގައި ދަންޖެހިފައި ހުއްޓާ ފެނުނު އަތުހަރަށް އެޓެންޑުވި ގޮތުގެ ޓައިމްލައިނެއް މިއަދު ފުލުހުން ހާމަކޮށްފިއެވެ. އެ ޓައިމްލައިންގައި ފުލުހުން ބުނެފައިވަނީ ޖަލު ކެމެރާ މޮނީޓަރ ކުރަމުންދަނިކޮށް ނ. މިލަން...

02 Sep 2024 | 06:21

ޖަލުގައި ދަންޖެހިފައި ހުއްޓާ ފެނުނު އަތުހަރަށް އެޓެންޑުވި ގޮތުގެ ޓައިމްލައިނެއް މިއަދު ފުލުހުން ހާމަކޮށްފިއެވެ.

އެ ޓައިމްލައިންގައި ފުލުހުން ބުނެފައިވަނީ ޖަލު ކެމެރާ މޮނީޓަރ ކުރަމުންދަނިކޮށް ނ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރު ދޫނިދޫގައި ޖަލުގައި ދަންޖެހިފައިވާ މަންޒަރު ފެނުނީ ރޭގެ 07:02 ގައި ކަމަށާއި ހަމަ އެ މިނެޓުގައި ޖަލު ގޮޅި ހުޅުވައި ތިރީގައި ބޭއްވުނު ކަމަށެވެ.

އެއަށްފަހު ތިން މިނެޓުގެ ތެރޭގައި (07:05)ގައި ސްޓްރެޗަރަށް ލައިގެން ގޮޅިން ނެރެ 07:06ގައި ދޫނިދޫ ކްލިނިކަށް ގެންދިޔަ ކަމަށާއި އަދި އެވަގުތު ހާލަތު ބެލި 07:14 ގައި އިމަރޖެންސީގައި ލޯންޗުގައި މާލެ ގެންދެވުނު ކަމަށާއި 07:17 ގައި އައިޖީއެމް ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސަށް އެރުވި 19:25 ގައި އައިޖީއެމްއެޗްގެ އިމަރޖެންސީއަށް ގެންދިޔަ ކަމަށެވެ.

ފުލުހުން ރޭގައި ބުނެފައިވާގޮތުގައި އަތުހަރަށް މިހާރު ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

އަތުހަރަކީ މާލޭގައި އަންހެނަކު ރަހީނުކޮށް އެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން އަދި އެ އަންހެން މީހާ ސަލާމަތް ކުރަން ބަޔަކު އުޅެފިނަމަ އެ އަންހެން މީހާ މަރާލާނެ ކަމަށް ބުނެ އެ އަމަލުގައި ހުއްޓައި ފުލުހުން ހައްޔަރުކުރި ފަރާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް