މުއިއްޒުއާ ބެހޭގޮތުން ވާހަކަ ދެއްކީ މުއިއްޒު އެނގޭތީ، ނޭނގޭ މީހުންނަށް ބުނެދޭން: އިމްރާން

ރޭ އެމްޑީޕީއިން ކުރިއަށް ގެންދިޔަ 'އުފާވެރި އަމާން މާލެ' ޖަލްސާގައި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ބެހޭގޮތުން ވާހަކަ ދެއްކެވީ މުއިއްޒު އެނގިވަޑައިގަންނަވާތީ ކަމަށާއި އަދި މުއިއް...

02 Sep 2023 | 11:08

ރޭ އެމްޑީޕީއިން ކުރިއަށް ގެންދިޔަ 'އުފާވެރި އަމާން މާލެ' ޖަލްސާގައި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ބެހޭގޮތުން ވާހަކަ ދެއްކެވީ މުއިއްޒު އެނގިވަޑައިގަންނަވާތީ ކަމަށާއި އަދި މުއިއްޒު ނޭނގޭ މީހުންނަށް ބުނެދޭން ކަމަށް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން އެހެން ވިދާޅުވީ، ރޭގެ ޖަލްސާއަށްފަހު ގިނަ ބަޔަކު ގުޅައި މެސެޖު ކުރަމުން ދާތީ ކަމަށް ބުނެ ވަނީ ޓުވީޓެއް ކުރައްވާފައެވެ.

އެ ޓުވީޓުގައި އިމްރާން ވިދާޅުވީ، ޑރ. މުއިއްޒުއާ ބެހޭގޮތުން ރޭގެ ޖަލްސާގައި ކުޑަ އެއްޗެއް ބުނެލީ، ޑރ. މުއިއްޒު ފުދޭވަރަކަށް އެނގިލައްވާތީ ކަމަށެވެ.

"އެނގޭ މީހުން ނޭނގޭ މީހުންނަށް ބުނެދިނުމަކީ އޮތް ކަމަށް ވާތީ" އިމްރާން ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، މުއިއްޒުގެ ސިޔާސީ ވަރަ ފެޅީ އަދާލަތު ޕާޓީގެ ހާލީގަ ކައިބޮއެގެން ކަމަށެވެ.

އިމްރާން ވިދާޅުވީ، މުއިއްޒު ހުންނެވީ އަދާލަތުގެ ހުރިހާ ކަމަކާ ދެކޮޅަށް ކަމަށެވެ. އަދި ވެރިކަން ބަދަލު ވުމާއެކު ވަޒީފާ ދޭން މުއިއްޒު އާދޭސް ކުރެއްވި ކަމަށާއި، އެ އާދޭހަށް ކެތް ނުވެ، މުއިއްޒުއަށް ވަޒީފާ ދެއްވީ ކަމަށެވެ.

އޭގެ ފަހުން އެމްޑީއޭގެ ރައީސް އަހުމަދު ޝިޔާމް މުހައްމަދުގެ އަރިހުގައި އާދޭސް ދަންނަވައި ވަޒީފާ ހޯއްދެވީ ކަމަށެވެ.

ނަމަވެސް ޝިޔާމަށް އަންގަވާވެސް ނުލާ މުއިއްޒު ޕީޕީއެމްއަށް ބަދަލުވީ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ދައުރު ނިމުނުއިރު ޔާމީނު ޖަލުގަލަށް ވެންނެވި އިރު މުއިއްޒު ހުންނެވީ އުފަލުން ކަމަށާއި، ހިތުގަ އޮތީ ޔާމީނު ޖަލުގައި ތާށިވެފައި އޮތުން ކަމަށް އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ ޔާމީނަށް ހުކުމް ކުރިއިރު މުއިއްޒު ހިތުގައި އޮތީ ޔާމީނު ޖަލުން ސަލާމަތް ނުވުން ކަމަށާއި، އެކަން އެގޮތަށް ވުމުން ރިޔާސީ ޓިކެޓް ވަގަށް ނެގީ ކަމަށް އެ ޕާޓީ މީހުންވެސް ބުނާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެހެންކަމުން ޓިކެޓް ވަގަށް ނެގި މީހަކަށް ރާއްޖޭގެ ވެރިކަން ހަވާލު ކުރަންވީތޯ އިމްރާން ސުވާލު އުފެއްދެވިއެވެ. އަދި ޕީޕީއެމްގެ ރައްޔިތުންނަށް އިމްރާން ދިން ނަސޭހަތަކީ، މުއިއްޒު ވެރިކަމަށް ހޮވިއްޖެއްޔާ ޔާމީނު އޮންނާނީ ޖަލުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް