މި އަހަރުގެ ރިޔާސީ އިންތިހާބުގައި މަކަރެއް، ހަމަނުޖެހުމެއް ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
އީސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އިންތިހާބުގެ ކަންކަން އެންމެ ފުރިހަމަޔަށް ކުރުމަށްޓަކައި ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން އީސީއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
ހަބީބް ވިދާޅުވީ އީސީގެ ހަތަރު މެމްބަރުން ތިބީ ރައްޔިތުންނާއި ސިޠާސީ ޕާޓީތަކުގެ ކަންބޮޑުވުންތައް އަޑު އަހައި، ވޯޓުގެ ސިއްރުކަން ދެމެހއްޓުމަށްޓަކައި އެ ކޮމިޝަނަށް ކުރެވޭނެ ހުރިހާ ކަމެއް ކުރަން ތައްޔާރަށް ކަމަށެވެ.
"ބައެއް ފަހަރު ސިޔާސީ ގޮތުން ބައެއްކަހަލަ ވާހަކަތައް އަޑު އިވުނު ކަމަށް ވިޔަސް، ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ކޮމިޝަންގެ ފަރާތުން ޔަގީންކަން އަރުވަނީ، މި އިންރިހާބުގަ އެއްވެސް ހިސާބެއްގަ މަކަރެއް، ހަމަނުޖެހުމެއް ހެދުމުގެ އެއްވެސް ފުރުސަތެއް އަޅުގަނޑުމެން ނުދޭނެކަން" ހަބީބު ވިދާޅުވިއެވެ.
މީގެ އިތުރުން ހަބީބު ވިދާޅުވީ، ވޯޓު ލާ މީހާ ވޯޓު ލާ މަރުކަޒަށް ދިއުމަށްފަހު އަމިއްލަ އިހުތިޔާރުގައި ވޯޓު ކަރުދާސް ހިފައިގެން، ގާނޫނާ ގަވާއިދުގެ ތެރެއިން އެމީހަކު ކުރަން ޖެހޭ ކަމެއް ކުރުމަށްފަހު ނުކުމެގެން ދިއުމާ ހަމަޔަށް އެމީހެއްގެ މައްޗަށް އެއްވެސް ނުފޫޒެއް ނުފޯރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ.
ހުރިހާ އެންމެންނަށްވެސް އީސީން އިލްތިމާސް ކޮށްފައި ވަނީ، އެމީހަކު އަމިއްލައަށް ކަނޑައަޅާ ކެނޑިޑޭޓަކަށް އެމީހަކު ވޯޓު ލުމަށް ފަސްނުޖެހުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް