ކުޑަކުދިންނަށް ހާއްސަކޮށްގެން އެލައިޑުން ބާއްވަން އުޅުނު "އެލައިޑް ފެސްޓް" މޫސުން ގޯސްވުމުން ފަސްކޮށްފި

ކުޑަކުދިންނަށް ހާއްސަކޮށްގެން އެލައިޑް އިންސުއަރަންސް ކޮމްޕެނީ (އެލައިޑް) އިން ބާއްވަން އުޅުނު "އެލައިޑް ފެސްޓް" މޫސުން ގޯސްވުމުން ފަސްކޮށްފިއެވެ. ކުޑަކުދިންނަށް ހާއްސަ ގިނަ ހަރަކާތްތަކަކާއެކު އެލައިޑ...

02 Sep 2023 | 06:55

ކުޑަކުދިންނަށް ހާއްސަކޮށްގެން އެލައިޑް އިންސުއަރަންސް ކޮމްޕެނީ (އެލައިޑް) އިން ބާއްވަން އުޅުނު "އެލައިޑް ފެސްޓް" މޫސުން ގޯސްވުމުން ފަސްކޮށްފިއެވެ.

ކުޑަކުދިންނަށް ހާއްސަ ގިނަ ހަރަކާތްތަކަކާއެކު އެލައިޑުން ބާއްވަން އުޅުނު "އެލައިޑް ފެސްޓް" ތާވަލުކޮށްފައި އޮތީ މިއަދު ހަވީރަށެވެ. މި ހަރަކާތް ބާއްވަން ނިންމީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

އެލައިޑުން މިއަދު ބުނީ މިއަދު މޫސުން ގޯސްވެފައިވާތީ މި ފެސްޓިވަލް ފަސްކުރުމަށް ނިންމާފައިވާކަމަށާއި އަދި ދެން އަލުން މި ފެސްޓިވަލް ބާއްވާނެ ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށެވެ.

އެލައިޑްގެ މި ފެސްޓިވަލް ފަސްކޮށްފައިވާއިރު މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު އަދި އެންމެ ދެކުނުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް