މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން މުޅި ރާއްޖެއަށް ހުދު ސަމާލު އަދި އެންމެ ދެކުނުގެ ހަތަރު އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
އެގޮތުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.
އެންމެ ދެކުނުގެ ހަތަރު އަތޮޅުކަމުގައިވާ ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ނެރެފައިވާ ރީނދޫ ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ހުދު ސަމާލު ނެރެފައިވަނީ ހެނދުނު 10:00 އިން ހަވީރު ހަތަރަކަށެވެ. ރީނދޫ ސަމާލު ނެރެފައިވަނީ ހެނދުނު 10:15 އިން މެންދުރު 2:15 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް