އިންޑިއާ އައުޓްގެ ހަރަކާތްތައް މަޑުޖައްސާލީ ގާނޫނަށް ބޯލަނބަންވެގެން ކަމުގައި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ސަންގު ޓީވީގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ހުއްޓުވަން ރައީސް ސޯލިހް ނެރުއްވީ ގާނޫނާ ހިލާފު ގަރާރެއް ކަމަށާއި އެހެން ނަމަވެސް އެ ގަރާރު އޮތަތީ އެކަމާއި ދެކޮޅަށް ނިކުމެ މަސައްކަތްކުރައްވަން ބޭނުންފުޅު ނުވާކަމަށެވެ.
އެގޮތުން ވެރިކަމަށް އަންނަނީވެސް ގާނޫނު ނަގަހައްޓަން ކަމަށްވާއިރު އަދި ރިޔާސީ ޓިކެޓުވެސް އެމަނިކުފާނަށް އަރުވާފައިވާއިރު އެފަދަ އަމުރެއް އޮތުމުން އިންޑިއާ އައުޓްގެ ހަރަކާތްތައް މަޑުޖައްސާލީކަން ރައީސް ޔާމީން ސިފަކުރެއްވިއެވެ.
މީގެ އިތުން މި މައުލޫގައި ރައީސް ޔާމީން ވިދާޅުވީ ދެން އޮތީ އެ ގަރާރު ބާތިލުކަމަށް ކަނޑައެޅުމަށް މަސައްކަތް ކުރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް