އިލެކްޓްރިކަލް ވެހިކަލް ހޯދުމާއި ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
އެންވަޔަރްމެންޓް މިނިސްޓްރީން ވަނީ މާލެ ސިޓީއާއި އައްޑޫ ސިޓީގެ "އިލެކްޓްރިކް މޮބިލިޓީ ޕޮޓެންޝިއަލް"ގެ ދިރާސާއަށް މައުލޫމާތު އެއްކުރުމަށް ކުރާ ސާރވޭގައި ބައިވެރިވުމަށް އާންމުންނަށް ހުޅުވާލާފައެވެ.
މި ސަރވޭ އައްޑޫ ސިޓީއާއި މާލެ ސިޓީގައި ކުރިއަށްދާއިރު، ސަރވޭގައި ބައިވެރިވުމަށް ގޫގްލް ފޯމެއް ފުރަންޖެހެއެވެ. މިފޯމް މިނިސްޓްރީގެ އެކި ޕްލެޓްފޯމްތަކުގައި ވަނީ ޝާއިއުކޮށްފައެވެ.
އަރންސްޓް އެންޑް ޔަންގް އެލް.އެލް.ޕީ އިން ދިވެހި ސަރުކާރާއި ވަރލްޑް ބޭންކާއި ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިލެކްޓްރިކް މޮބިލިޓީ ޕޮޓެންޝިއަލް" ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދާއިރާއާއި ގުޅޭ ތަޖުރިބާ ހުރި މީހުން ހޯދުމަށް މީގެ ކުރިން ވަނީ އިއުލާންކޮށްފައެވެ.
އާންމުންގެ ޚިޔާލު ހޯދުމަށް ބާއްވާ ސާރވޭ ކުރިއަށްގެންދާނެ ތާރީޚެއް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ސާރވޭގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމަށް ވެސް ސުންގަޑިއެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް