ފ. ބިލެއްދޫގައި ބިދޭސީންތަކެއް އެ ބިދޭސީން އަޅުކަންކުރަން ހެދި ބުދު އެމީހުން އަމިއްލައަށް ކަނޑުފައްތާފައިވާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
އެގޮތުން އެ ކައުންސިލުން މީޑިއާތަކަށް މައުލޫމާތުދެމުން މިރޭ ބުނެފައިވަނީ އެ ބުދަކީ މަށިން ހެދި ބުދެއް ކަމަށާއި އެ ބުދު މިހާރު ކަނޑުފައްތާފައިވާކަމަށް އެ ބިދޭސީން ބުނާކަމަށެވެ. އަދި މިހާރު އެ ބިދޭސީން ހައްޔަރުކޮށްފައިވާކަމަށްވެސް ކައުންސިލުން ބުނެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ބިދޭސީންނަކީ އެ ރަށަށް މަސައްކަތެއް ކުރުމަށް ގޮސްތިބި އިންޑިއާއަށް ނިސްބަތްވާ ބިދޭސީންތަކެކެވެ.
އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މިކަން ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ހޫނުވެގެންދިޔައީ ތިން ބިދޭސީއަކު ބުދެއް ހިފައިގެން އެ ރަށުގެ ތެރޭގައި ހިނގާފައިދާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ފެތުރެންފެށި ހިސާބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް