ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޓެންޝަން ސެންޓަރުގެ ސީލިންގ ފަޅާލައިގެން ފިލި މީހާ ހޯދަން ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ހޯދަން އިއުލާންކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 26 އަހަރުގެ މުހައްމަދު މިތުންއެވެ.
އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާކޮށް ދިނުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
އެއަރޕޯޓް ޑިޓެންޝަން ސެންޓަރަކީ ރާއްޖެ އެތެރެވާން އަންނަ މީހުންގެ ތެރެއިން އެކި މައްސަލަތައް ކުރިމަތިވާ މީހުން ބައިތިއްބާ ތަނެކެވެ.
ޑިޓެންޝަން ސެންޓަރުގެ ސީލިންގ ފަޅާލައިގެން ފިލާފައިވާ މީހާއަކީ ރާއްޖޭގައި ވާކް ވިސާއާ ޚިލާފަށް ރާއްޖޭގައި މީގެކުރިންއުޅުނު މީހެކެވެ. އަދި އޭނާ ވަނީ ވަކި މުއްދަތެއް ވަންދެން ރާއްޖެ ނާދެވޭ ގޮތަށް ގައުމާ ފޮނުވާލާފައެވެ.
އެހެންނަމަވެސް އެމުއްދަތު ހަމަނުވަނީސް އަނެއްކާ ރާއްޖެ އައުމުން އިމިގްރޭޝަނުން އޭނާ ޑިޓެންޝަން ސެންޓަރުގައި ބަހައްޓާފައިވަނީ އަނބުރާ ގައުމަށް ފޮނުވާލުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް