ބިލެއްދޫގައި ބިދޭސީންތަކެއް ހިންދޫގެ އަޅުކަމުގައި ރަށު ތެރޭގައި ހިނގި މައްސަލައެއް ބަލަން ފަށައިފި

ފ. ބިލެއްދޫގައި ބިދޭސީންތަކެއް ހިންދޫގެ އަޅުކަމުގައި ރަށު ތެރޭގައި ހިނގި މައްސަލައެއް ބަލަން ފަށައިފިއެވެ. އެރަށު ކައުންސިލާއި ހަވާލާދީ ރާއްޖޭގެ ބައެއއް އޮންލައިންތަކުގައި ބުނެފައިވަނީ އެއީ އިއްޔެގެ ވ...

02 Sep 2022 | 12:46

ފ. ބިލެއްދޫގައި ބިދޭސީންތަކެއް ހިންދޫގެ އަޅުކަމުގައި ރަށު ތެރޭގައި ހިނގި މައްސަލައެއް ބަލަން ފަށައިފިއެވެ.

އެރަށު ކައުންސިލާއި ހަވާލާދީ ރާއްޖޭގެ ބައެއއް އޮންލައިންތަކުގައި ބުނެފައިވަނީ އެއީ އިއްޔެގެ ވަގުތެއްގައި ހިނގާފައިވާ ކަމެއް ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ލިބުނީ ރޭގެ ވަގުތެއްގައި ސޯސަލް މީޑިއާއިން ކަމަށެވެ.

އެ ކައުންސިލާއި ހަވާލާދީ އިތުރަށް ބުނެފައިވަނީ އެ މައުލޫމާތު އެ މީހުން މަސައްކަތް ކުރާ ކުންފުންޏަށާއި ފުލުހުންނނަށް ހިއްސާކޮށް އެކަން ތަކުރާރުވިޔަ ނުދިނުމަށް އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން އަނަން އާދިއްތަ ދުވަހު، ސަރުކާރުގެ އިތުރު އިދާރާތަކުގެ ސަމާލުކަމަށް އެ މައްސަލަ ގެންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ފުލުހުން ބުނީ އެ ފަދަ ކަމެއް ހިނގިކަމުގެ މައުލޫމާތު އިއްޔެ ފުލުހުންނަށް ލިބިފައިވާ ކަަމަށާއި އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް