ފިރިމީހާގެ ފޯނުގެ ޕާސްވޯޑު އަނބިމީހާއަށް ނުދީފިނަމަ ވަރިވާނޭކޭ ނުބުނަން: ޝައިހް އަލީ ޒާހިރު

ފިރިމީހާގެ ފޯނުގެ ޕާސްވޯޑު އަނބިމީހާއަށް ނުދީފިނަމަ ވަރިވާނޭކޭ ނުބުނަން ކަމަށާއި ދައުރުވަމުންދަނީ އަސްލެއްނެތް ޕޯސްޓެއް ކަމުގައި ޝައިޚް އަލީ ޒާހިރް ބިން ސައީދު ގާސިމް ވިދާޅުވެއްޖެއެވެ. ޝައިޒް ޒާހިރު އ...

02 Sep 2022 | 11:07

ފިރިމީހާގެ ފޯނުގެ ޕާސްވޯޑު އަނބިމީހާއަށް ނުދީފިނަމަ ވަރިވާނޭކޭ ނުބުނަން ކަމަށާއި ދައުރުވަމުންދަނީ އަސްލެއްނެތް ޕޯސްޓެއް ކަމުގައި ޝައިޚް އަލީ ޒާހިރް ބިން ސައީދު ގާސިމް ވިދާޅުވެއްޖެއެވެ.

ޝައިޒް ޒާހިރު އަލީ ޒާހިރު މިހެން ވިދާޅުވެފައިވަނީ އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓަކާއި ގުޅިގެންނެވެ.

އެގޮތުން ދައުރުވަމުންދިޔަ ޕޯސްޓްގައި ބުނެފައިވަނީ ފިރިމީހާގެ ފޯނުގެ ޕާސްވޯޑު އަނބިމީހާއަށް ސިއްރުކޮށްގެން ހުރެވޭނީ ގިނަވެގެން ތިން ދުވަހު ކަމަށާއި ހަތަރުވަނަދުވަހަށް އިރުއޮއްސުމުން ފާފަވެރިވާނެކަމަށެވެ. އަދި ހަތަރުވަނަދުވަހަށް އިރު އެރުމުގެ ކުރިން ޕާސްވޯޑު ނުދީފިނަމަ ވަރިވީ ކަމަށެވެ.

މިކަން ދޮގުކޮށް ޝައިޚް އަލީ ޒާހިރު އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވާ ޕޯސްޓްގައި ވިދާޅުވެފައިވަނީ އޭނާގެ ފޮޓޯއަކާއެކު ދައުރުވަމުން ދާ އެ ޕޯސްޓާއި ގުޅޭގޮތުން ވަރަށް ގިނަ ބޭފުޅުން މިހާރު ސުވާލުކުރަމުން އަންނަ ކަމަށެވެ.

"ފިރިމީހާގެ ފޯނުގެ ޕާސްވޯޑް އަނބިމީހާއަށް ސިއްރުކޮށްގެން ހުރެވޭނީ ގިނަވެގެން ތިންދުވަހު ކަމާއި ހަތަރުވަނަ ދުވަހަށް އިރު އޮއްސުމުން ފާފަވެރި ވާނެކަމާއި ހަތަރު ވަނަ ދުވަހަށް އިރު އެރުމުގެ ކުރިން ޕާސްވޯޑް ނުދީފި ނަމަ ވަރިވީކަމަށް ލިޔެފައި އޮތް  ވާހަކަ އަކީ އަޅުގަނޑާ  ގުޅުންހުރި ވާހަކައެއްނޫނެވެ. އަޅުގަނޑު ބުނި ވާހަކައެއްވެސް ނޫނެވެ. އަދި މިއީ އަޅުގަނޑު ގަބޫލުކުރާ ވާހަކައެއްވެސް ނޫނެވެ." ޝައިޚް އަލީ ޒާހިރު ވިދާޅުވެފައިވެއެވެ.

ޝައިޚް އިތުރަށް ވިދާޅުވީ މީހުންނަށް ކަންކަން އޮޅޭގޮތަށް ޕޯސްޓްތައް ހަދައިގެން ނުފެތުރުމަށް ނަސޭހަތްތެރިވެލައްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް