މުޖްތަމައަށް ނުރައްކަލެއް ނެތްކަމަށްބުނެ ކޯޓުން ޔާޔާ ދޫކޮށްލައިފި

އަމިއްލަ ބަރަހަނާ ފޮޓޯ ސޯޝަލް މީޑިއާގައި ހާމަކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގ. ކަމަރާގޭ، އުމުރުން 36 އަހަރުގެ މުހައްމަދު ނަބީލު (ޔާޔާ) ނަބީލު ދޫކޮށްލައިފިއެވެ. އޭނާ ދޫކޮށްލާފައިވަނީ އޭނާގެ ބަންދ...

02 Sep 2022 | 09:16

އަމިއްލަ ބަރަހަނާ ފޮޓޯ ސޯޝަލް މީޑިއާގައި ހާމަކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގ. ކަމަރާގޭ، އުމުރުން 36 އަހަރުގެ މުހައްމަދު ނަބީލު (ޔާޔާ) ނަބީލު ދޫކޮށްލައިފިއެވެ.

އޭނާ ދޫކޮށްލާފައިވަނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމުން ކޯޓަށް ހާޒިރުކުރުމުން، ބަންދުން ދޫކޮށްލާފައި ބަހައްޓައިގެން މުޖްތަމައަށް ނުރައްކަލެއް ނެތަތީއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން މިއަދު ބުނެފައިވަނީ މައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދިއުމަށް ނުފެންނަކަމަށް ނިންމައި އިއްޔެ އޭނާ ކޯޓުން ދޫކޮށްލާފައިވާކަމަށެވެ.

ދޫކޮށްލިނަމަވެސް މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް