ޓްރީ ޓޮޕް ހޮސްޕިޓަލް ގެސްޓް ޕޯރޓަލް ތައާރަފްކޮށްފައިވަނީ 2019 މެހުމާނުންނަށް ހޮސްޕިޓަލުގެ ހިދުމަތްތައް ހޯދުމަށް ފަސޭހަކޮށްދިނުމުގެ މަގްސަދުގައެވެ. ގެސްޓް ޕޯރޓަލުގެ ޒަރައްޔާއިން އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެދުމާއި، ފައިސާދެއްކުމާއި، މެޑިކަލް ރެކޯރޑް ނުވަތަ ރިޕޯރްޓް ބަލައިލެވޭނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ގެސްޓް ޕޯރޓަލް އެޕް އައި.އޯ.އެސް އަދި އެންޑްރޯއިޑް ބޭނުންކުރާ މެހެމާނުންނަށް އެޕް ޑައުންލޯޑްކުރެވޭނެއެވެ.
ގެސްޓް ޕޯރޓަލުން ލިބޭ ހިދުމަތްތަކަކީ
- ފަސޭހަކަމާއިއެކު މެޑިކަލް ރިޕޯޓުތަށް އިތުރު ޕާސްވޯރޑެއް ޖެހުމެއްނެތި ރައްކާތެރިކަމާއިއެކު ބަލައިލެވޭނެއެވެ.
- ރިޕޯޓުތައް ތަރުތީބުވެފައި ހުންނާނީ އެންމެ ފަހުގެ ރިޕޯރޓު އެންމެ ކުރިން ފެންނާނެ ގޮތަށެވެ.
އެޕޮއިންޓްމަންޓް ބުކް ކުރުން
- ގެސްޓް ޕޯޓަލްއިން އެޕޮއިންޓްމަންޓް ބުކް ކުރުމާއި ވަގުތުން ފައިސާދެއްކޭނެއެވެ.
- ރައްކާތެރިކަމާއިއެކު ފައިސާދެއްކުމާއި، ފައިސާދެއްކޭނެ ޒަރިއްޔާތަށް ހިމެނޭނެއެވެ.
- ހަނދުމަފުޅުކުރެއްވުމަށް: ގެސްޓްޕޯޓަލް މެދުވަރިކޮށް އެޕޮއިންޓްމެންޓް ހެދޭނީ ހަމައެކަނި އަމިއްލަ ފަރާތަށެވެ.
ޑޮކްޓަރުންގެ ވަނަވަރު
- މެހެމާނުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ސްޕެޝަލްޓީ އަދީ ކޮންސަލްޓަންޓުންގެ މައުލޫމާތު ލިބޭނެއެވެ.
ޕާސްވޯރޑް ބަދަލުކުރުމަށް ފަސޭހަވުން
- ގެސްޓް ޕޯރޓަލް ތެރެއިން ޕާސްވަރޑް ބަދަލުކުރެވޭނެ، އަދި މެހުމާނުންގެ ޕްރޮފައިލް ވަނުމަށް ފަސޭހަވާނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރައްވާގޮތުގައި އަޅުގަނޑުމެންގެ މަގްސަދަކީ ކޮންމެތާކު ހުރިކަމުގައިވިޔަސް، ރައްކާތެރި ގޮތެއްގައި ފަސޭހަމާއިއެކު މެހުމާނުންގެ ސިއްހަތާއި ބެހޭ މައުލޫމާތު ލިބޭނެ ގޮތެއް މި ޕޯރޓަލުގެ ޒަރިއްޔާއިން ފޯރުކޮށްދިނުމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް ގެސްޓް ޕޯރޓަލް މި ލިންކުން https://guest.treetophospital.com/login ނުވަތަ 'ޓްރީ ޓޮޕް ހޮސްޕިޓަލް ގެސްޓް ޕޯޓަލް' އެޕް އެންޑްރޮއިޑް ޑިވައިސްތަކަށް ޕްލޭ ސްޓޯރ އަދި އައި.އޯ.އެސް ޑިވައިސްތަކަށް އެޕް ސްޓޯރ މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހެއްދެވުމަށް 3351610 ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް