ވިލިމާލޭ ބިއްރި މިސްކިތް ވަގުތީ ގޮތުން ބަންދު ކޮށްފި

ވިލިމާލޭ ބިއްރި މިސްކިތް ވަގުތީ ގޮތުން ބަންދު ކޮށްފި އެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ އެ މިސްކިތް ބަންދު ކުރީ މިހާރު ކުރަމުންދާ ވިއްސާރައިގަ ލިބުނު ގެއްލުންތަކާއި ގުޅިގެން މަރާމާތަށް ކަމަށެވެ. ވަގުތީ...

02 Sep 2022 | 06:21

ވިލިމާލޭ ބިއްރި މިސްކިތް ވަގުތީ ގޮތުން ބަންދު ކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެ މިސްކިތް ބަންދު ކުރީ މިހާރު ކުރަމުންދާ ވިއްސާރައިގަ ލިބުނު ގެއްލުންތަކާއި ގުޅިގެން މަރާމާތަށް ކަމަށެވެ. ވަގުތީ ގޮތުން މިސްކިތް ބަންދު ކުރީ މިއަދުން ފެށިގެންނެވެ.

ކައުންސިލުން ބުނީ ވިއްސާރައިގަ އެ މިސްކިތުގެ ކަރަންޓު ބޯޑަށް ފެންއެޅި ހަލާކުވެފައިވާ ކަމަށެވެ. އަދި މިސްކިތުގެ ސީލިންގްއަށްވެސް ވިއްސާރައިގެ އަސަރުކޮށް ހަލާކުވެފައިވާ ކަމަށެވެ.

މިސްކިތުގެ މަރާމާތު ނިމުނުހާ އަވަހަކަށް އަލުން ހުޅުވާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

ބިއްރި މިސްކިތަކީ ވިލިމާލޭގައި އެންމެ ފަހުން ހުޅުވި މިސްކިތެވެ. އެ މިސްކިތް ހުޅުވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

1،000 މީހުންގެ ޖާގައިގެ މި މިސްކިތް ހުޅުވީ 2019 ވަނަ އަހަރުގެ އޭޕްރިލް 17 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް