ހުޅުމާލޭގައި ކާރެއްގައި އެމްޓީސީސީ ބަހަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅުމަގުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އެމްޓީސީސީގެ ޑަބަލް ޑެކަރ ބަހަކުން ޖެހިގެންނެވެ.
މި އެކްސިޑެންޓްގެ މަންޒަރު ފެންނަ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ފެންނަ މަންޒަރުން އެނގޭގޮތުގައި އެކްސިޑެންޓްގައި ބޮޑު ގެއްލުމެއް ލިބިފައިވަނީ ޕާކުކޮށްފައި އޮތް ޕްރައިވެޓް ބޯޑު ޖެހި ކާރަށެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ ހުޅުމާލޭ ނިރޮޅުމަގުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އެމްޓީސީސީގެ ބަހެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް މިއަދ 10:07 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
"މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ލިބުނުކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައެއް ނުވޭ" ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ އެކްސިޑެންޓާއި ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް