ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކޮށްފައި ހުންނަ ޑިޓެންޝަން ސެންޓަރުން ބިދޭސީއަކު ފިލައިފިއެވެ.
ދައުރު ނޫހުގައި ރިޕޯޓުކޮށްފައިވާގޮތުގައި ރޭގެ ވަގުތެއްގައި ފިލާފައިވަނީ އެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުރި ބިދޭސީއެކެވެ.
އެ ބިދޭސީ މީހާ ފިލީ އެ ޑިޓެންޝަން ސެންޓަރުގެ ފާހާނާގެ ސީލިންގު ފަޅާލައިގެން ރޭގެ ފަތިހުގެ ވަގުތެއްގައި ކަމުގައި ރިޕޯޓްކޮށްފައިވެއެވެ. އަދި އެ ބިދޭސީއަކީ މީގެ ކުރިން ރާއްޖެއިން ޑީޕޯޓުކުރި ބިދޭސީއެއް ކަމުގައިވެސް ރިޕޯޓުކޮށްފައިވެއެވެ.
ކުރިން ޑިޕޯޓުކޮށްފައިވާ އެމީހާ ރާއްޖެ އައިކަމަށްވަނީ މިދިޔަ ބުދަ ދުވަހުގައި ކަމަށްވެސް ބުނެފައިވެއެވެ.
މިކަމާއި ގުޅޭގޮތުން ރަސްމީ އިދާރާއަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް